ޓެސްޓް ކުރަން ތިން ދުވަސް ވަންދެން 24 ގަޑިއިރު ފެން ދޫކުރަނީ

މާލެއަށް މިވަގުތު ދިމާވެފައިވާ ފެނުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން  ޓެސްޓެސްޓުކުރުމަށް ތިން ދުވަސްވަންދެން 24 ގަޑިއިރަށް ފެން ދޫކުރަން ނިންމައިފި އެވެ. ސަރުކާރުން އުފައްދާފައިވާ ޓާސްކް ފޯސްގެ ޗެއާމ...

11 Dec 2014 | 18:53

މާލެއަށް މިވަގުތު ދިމާވެފައިވާ ފެނުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން  ޓެސްޓެސްޓުކުރުމަށް ތިން ދުވަސްވަންދެން 24 ގަޑިއިރަށް ފެން ދޫކުރަން ނިންމައިފި އެވެ.

ސަރުކާރުން އުފައްދާފައިވާ ޓާސްކް ފޯސްގެ ޗެއާމަން އަދި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ޓެސްޓް ކުރުމަށް، ކުރިއަށް އޮތް ތިން ދުވަހު 24 ގަޑިއިރަށް ފެން ދޫކުރާނެ ކަމަށާއި އެހެން ނަމަވެސް އެއް ވަގުތެއްގައި ގިނަ ކަންކަމަށް ފެން ބޭނުން ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

"ހުކުރު ދުވަހުގެ މެންދުރު ވަގުތަކީ އެންމެ ގިނަ ބޭފުޅުން ހުކުރަށް ވަޑައިގަތުމަށް ފެން ބޭނުން ކުރައްވާ ވަގުތު. ހަމަ އެހެންމެ އެއްޗެހި ދޮވުމާއި ސާފު ކުރުމުގެ ކަންކަމަށް ފެން ބޭނުންކުރައްވާ ވަގުތު. އެހެން ކަމުން މާލޭގެ ހުރިހާ ރައްޔިތުންނަށް ދަންވާލަން އޮތީ މި ގަޑިއަށް ބަަދަލެއް ގެންނަވާށޭ. މި ކަހަލަ ބަދަލުތައް ގެންނަން މި ޖެހެނީ ވަގުތީ ސެޓަޕެއްގައި ކުރިއަށް ދާތީ،" ނާޒިމް ވިދާޅުވި އެވެ.

ފެނުގެ މައްސަލަ ހައްލުކުރުމަށްޓަކާ ކުރެވެމުންދާ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބެމުން އަންނަ ކަމަށާއި މިއަދު ސިންގަޕޫރުން ގެނައި ޕެނަލް ބޯޑު އެމްޑަބްލިއުއެސްސީގެ ޓެކްނިކަލް ޓީމާ ހަވާލުކޮށްފައިވާ ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.

އެމްޑަބްލިއުއެސްސީގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބިފައިވަނީ ކަރަންޓު އުފައްދާ ޖަނަރޭޓަރުތަކާއި ފެން އުފައްދާ ޕްލާންޓްތައް ގުޅުވައިދޭ ޕެނަލް ބޯޑުތަކަށެވެ. މި ޕެނަލް ބޯޑުތަކުގެ ތެރެއިން ގިނަ ޕެނަލް ބޯޑުތަކެއް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާއިރު ބައެއް ޕެނަލް ބޯޑުތައް މަރާމާތުކުރުމަށްފަހު ފެން އުފެއްދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް