ޓެސްޓް ކުރަން 24 ގަޑިއިރު ފެން ދޫކުރަން ފަށައިފި

އެމްޑަބްލިއުއެސްސީގައި އަލިފާން ރޯވެ ހިނގި ހާދިސާއާ ގުޅިގެން މާލޭގެ ފެނުގެ ހިދުމަތް ކެނޑިފައި އޮތުމަށް ފަހު މިއަދު ޓެސްޓް ކުރުމުގެ ގޮތުން 24 ގަޑިއިރަށް ފެން ދޫކުރަން ފަށައިފި އެވެ. ޓާސްކް ފޯސް އިން ރޭ...

11 Dec 2014 | 12:42

އެމްޑަބްލިއުއެސްސީގައި އަލިފާން ރޯވެ ހިނގި ހާދިސާއާ ގުޅިގެން މާލޭގެ ފެނުގެ ހިދުމަތް ކެނޑިފައި އޮތުމަށް ފަހު މިއަދު ޓެސްޓް ކުރުމުގެ ގޮތުން 24 ގަޑިއިރަށް ފެން ދޫކުރަން ފަށައިފި އެވެ.

ޓާސްކް ފޯސް އިން ރޭ ބުނެފައިވަނީ މިއަދު އިތުރު ގަޑިތަކުގައި ފެން ދޫކުރާނެ ކަމަށެވެ. އެގޮތުން މިއަދު ހެނދުނުން ފެށިގެން އަދިވެސް ޕްރެޝަރުގައި ފެން ދޫކުރަމުންދާއިރު، މިރޭވެސް ފެން ލިބޭނެ ކަމަށް ޓާސްކް ފޯސް އިން ބުނެ އެވެ.

މާލެއަށް 24 ގަޑިއިރު ފެން ފޯރުކޮށްދިނުމަށް ބޭނުންވާ ޕެނަލް ބޯޑުގެ ތެރެއިން ދެ ޕެނަލް ބޯޑު މިއަދު ވަނީ ރާއްޖެ ގެނެސްފައި އެވެ. ޓާސްކް ފޯސް އިން ބުނީ އެ ޕެނަލް ބޯޑުތައް ލިބި އޭގެ ބޭނުން ކުރަން ފެށުމުން ވަރަށް އަވަހަށް ފެނުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް