އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު މުއުތަޒިމް ވަކި ކުރަން ޖޭއެސްސީން ނިންމައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން އާއި ފަނޑިޔާރު މުއުތަސިމް އަދުނާން ފަނޑިޔާރު ކަމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފި އެވެ. ޖޭއެސްސީން...

11 Dec 2014 | 11:28

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން އާއި ފަނޑިޔާރު މުއުތަސިމް އަދުނާން ފަނޑިޔާރު ކަމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފި އެވެ.

ޖޭއެސްސީން މިގޮތަށް ނިންމީ ކޯޓުތަކާއި ބެހޭ ގާނޫނަށް މަޖިލީހުން ގެނައި އިސްލާހު ރައީސް ިއަދު ތަސްދީގު ކުރެއްވުމާއި ގުޅިގެން ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމެއްގައި އެވެ.

ކޯޓުތަކާއި ބެހޭ ގާނޫނަށް މަޖިލީހުން ގެނައި އިސްލާހުގައި ވާގޮތުން ރައީސް ބިލް ތަސްދީގު ކުރާތާ ދެ ދުވަސްތެރޭ ޖޭއެސްސީން ވަކި ކުރަން ބޭނުންވާ ދެ ފަނޑިޔާރެއްގެ ނަން މަޖިލީހަށް ހުށަހަޅަންޖެހެ އެވެ. އަދި މަޖިލީހުން ހަތް ދުވަސްތެރޭ ގޮތެއް ނިންމަން ޖެހެ އެވެ. އެގޮތުން ފަނޑިޔާރަކު މަގާމުން ވަކިވާނީ މަޖިލީހުގެ ވޯޓުގައި ބައިވެރިވެވަޑައިގަންނަވާ މެމްބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވެގެންނެވެ.

ބިލަށް ގެނައި އިސްލާހުގައި ވާގޮތުން ވަކިކުރާ ފަނޑިޔާރުންނަށް، ފަނޑިޔާރުންގެ ގާނޫނުގެ 24 ވަނަ މާއްދާގެ ށ. އަދި ނ. ގައި ކަނޑައަޅާފައިވާ ހާއްސަ އިނާޔަތްތަކާއި އިމްތިޔާޒުތައް ދައުލަތުން ލިބިދޭން ޖެހެ އެވެ. އަދި އުއްތަމަ ފަނޑިޔާރު އައްޔަން ކުރާނީ ރައީސް ކަމަށޤވެސް ބިލްގައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް