ރައީސް ޔާމީން ޅ.އަތޮޅަށް ފުރާވަޑައިގެންފި

މަސްވެރިންގެ ދުވަހުގެ އިހުތިފާލްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ދެ ކަނބަލުން ޅ.އަތޮޅަށް ފުރާ ވަޑައިގެންފި އެވެ. ރައީސް އޮފީހުން ވިދާޅުވީ ފާދިއް...

11 Dec 2014 | 09:32

މަސްވެރިންގެ ދުވަހުގެ އިހުތިފާލްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ދެ ކަނބަލުން ޅ.އަތޮޅަށް ފުރާ ވަޑައިގެންފި އެވެ.

ރައީސް އޮފީހުން ވިދާޅުވީ ފާދިއްޕޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ރައީސް ޔާމީން މިއަދު ހެނދުނު އެއަތޮޅު ‏‏ފެލިވަރަށް ވަޑައިގެންފައިވާކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، އެމަނިކުފާނުގެ އަނބިކަނބަލުން ‏‏‏އަލްފާޟިލާ ފާޠިމަތު އިބްރާހީމް ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

‏ރައީސުލްޖުމްހޫރިއްޔާ ފެލިވަރަށް ކުރައްވާ މިދަތުރުފުޅުގައި، ފެލިވަރު މަސްވެރިންގެ ‏‏މެރީނާ ހުޅުއްވައިދެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެއެވެ.

‏ރައީސް އޮފީހުން އިތުރަށް ވިދާޅުވީ ފެލިވަރަށް ކުރައްވާ މިދަތުރުފުޅަށްފަހު، ރައީސުލްޖުމްހޫރިއްޔާ ދެން ވަޑައިގަންނަވާނީ ‏‏މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި އެއަތޮޅު ނައިފަރުގައި މިއަދާއި މިރޭ ބާއްވަވާ ‏‏އިޙުތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ. އަދި މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ‏‏ޚާއްޞަ ޙަފްލާ އޮންނާނީ މިރޭ 8:30ގައި ‏‏މަދްރަސަތުލް އިފްތިތާޙުގައި ކަމަށާއި މި ޙަފްލާގައި ‏‏ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވާ ގޮތަށް ‏‏ހަމަޖެހިފައިވާކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް