އާ ޕެނަލް ބޯޑުތައް ރާއްޖެ ގެނެސްފި

އެމްޑަބްލިއުއެސްސީގައި ހިނގި އަލިފާުނުގެ ހާދިސާއާއި ގުޅިގެން ހަލާކުވި ޕެނަލް  ބޯޑުތަކުގެ ބަދަލުގައި ގެންނަ އާ ޕެނަލް ބޯޑުތައް ރާއްޖެ ގެނެސްފި އެވެ. އެ ޕެނަލް ބޯޓުތައް ރާއްޖެ ގެނައީ ސްރީލަންކާގެ އަސްކަ...

11 Dec 2014 | 08:15

އެމްޑަބްލިއުއެސްސީގައި ހިނގި އަލިފާުނުގެ ހާދިސާއާއި ގުޅިގެން ހަލާކުވި ޕެނަލް  ބޯޑުތަކުގެ ބަދަލުގައި ގެންނަ އާ ޕެނަލް ބޯޑުތައް ރާއްޖެ ގެނެސްފި އެވެ.

އެ ޕެނަލް ބޯޓުތައް ރާއްޖެ ގެނައީ ސްރީލަންކާގެ އަސްކަރީ މަތިންދާ ބޯޓެއްގައި މިއަދު އެވެ. މިއަދު ގެނައީ ޖަނަރޭޓާރުތަކާއި ފެން އުފައްދާ ޕްލާންޓްތައް ގުޅުވައިދޭ ޕެނަލް ބޯޑުތަކެވެ.

ޓާސްކް ފޯސް އިން ބުނެފައިވަނީ އެ ޕެނަލް ބޯޑުތައް ގެނެވުމުން ފެން ނުލިބުމުގެ މައްސަލައަށް ފުރިހަމަ ހައްލެއް ލިބިގެންދާނެ ކަމަށެވެ.

އަދި ޕެނަލް ބޯޑުތައް ލިބުނުހާ އަވަހަކަށް ބެހެއްޓުމުގެ މަސައްކަތް ފަށާނެ ކަމަށް ޓާސްކް ފޯސް އިން ބުންޏެވެ.

މާލެއިން ފެނުގެ ހިދުމަތް މެދު ކެނޑިފައިވާތާ ހަފްތާއެއް ވީއިރުމިހާރު ދަނީ ދުވަލަކު ދެފަހަރު ފެން ފޯރުކޮށްދެމުންނެވެ. އެއީ ހެނދުނު 08:30 ން 11:00 އަށް އަދި ރޭގަނޑު 07:30 ން 10:30 އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް