ޗެމްޕިއަންސްލީގު: ޕީއެސްޖީގެ މައްޗަށް ކުރިހޯދާ ބަރސާއަށް ގުރޫޕްގެ އެއްވަނަ

ޔޫއެފާ ޗެމްޕިއަންސްލީގުގެ ގުރޫޕް ސްޓޭޖް ފަހުމެޗުގައި ޕީއެސްޖީގެ މައްޗަށް ކުރިހޯދާ ބަރސާއިން ގުރޫޕް އެފްގެ އެއްވަނަ ޓީމުގެ ގޮތުގައި ނޮކްއައުޓް ސްޓޭޖަށް ދަތުރުކޮށްފިއެވެ. ކޭމްޕް ނައުގައި ކުޅުނު މެޗުގައި...

11 Dec 2014 | 05:40

ޔޫއެފާ ޗެމްޕިއަންސްލީގުގެ ގުރޫޕް ސްޓޭޖް ފަހުމެޗުގައި ޕީއެސްޖީގެ މައްޗަށް ކުރިހޯދާ ބަރސާއިން ގުރޫޕް އެފްގެ އެއްވަނަ ޓީމުގެ ގޮތުގައި ނޮކްއައުޓް ސްޓޭޖަށް ދަތުރުކޮށްފިއެވެ.

ކޭމްޕް ނައުގައި ކުޅުނު މެޗުގައި ފުރަތަމަ ލީޑު ނަގާފައިވަނީ ޕީއެސްޖީއިންނެވެ. މެޗުގެ 15 ވަނަ މިނެޓުގައި ޕީީއެސްޖީއަށް ގޯލް ކާމިޔާބުކޮށްދިނީ ޒްލަޓާން އިބްރަހިމޮވިޗެެވެ.

ނަމަވެސް ބަރސާއިން ރައްދު ދޭކަމަށް މާގިނައިރެއް ނުނެގިއެވެ. އެގޮތުން މެސީގެ ގޯލާއެކު ބަރސާއިން މެޗުގެ  ނަތީޖާ ހަމަހަމަކުރިއެވެ. މިއީ ޗެމްޕިއަންސްލީގުގައި މެސީ ކާމިޔާބުކޮށްދިން 75 ވަނަ ގޯލައެވެ.

ހާފް ނިމުމުގެކުރިން ބަރސާއަށް މެޗުގެ ނަތީޖާ ފުޅާކޮށްދިނީ ނޭމަރގެ ރީތި ގޯލައަކުންނެވެ. ބަރސާއަށް ނަތީޖާ ޔަގީންކޮށްދިނީ ޝުއަރޭޒްގެ ގޯލުންނެވެ.

މެޗަށްފަހު ޕީއެސްޖީއެގެ ކޯޗު ބްލަންކްވަނީ ބަރސާގެ ފޯވަރޑުންގެ ނިންމުންތަކަށް ތައުރީފްކޮށްފައެވެ.

މި ގުރޫޕްގެ އަނެތް މެޗުގައި އަޔެކްސް 4-0 ގެ ނަތީޖާއަކުން އަޕޮއެލް ބަލިކުރި ނަމަވެސް، މެޗަށް ނިކުތްއިރުވެސް މި ދެޓީމަށްވެސްވަނީ ނޮކްއައުޓްގެ ފުރުސަތު ގެއްލިފައެވެ. މި ގުރޫޕްއިން ޔޫއެފާ ޔޫރޮޕާ ލީގަށް ކޮލިފައިވެފައިވަނީ އަޔެކްސްއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް