އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް މާދަމާ މަޖިލީހަށް ހުށަހަޅާނެ ކަމަށް ފިނޭންސުން ކުރިން އިއުލާނު ކޮށްފައިވާއިރު އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގެ އަދަދަކީ 27.457 ބިލިޔަން ދިވެހި ރުފިޔާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެ އެވެ.
މި އަދަދު ތަރުޖަމާނު އިއުލާނުކުރައްވާފައިވަނީ ދެންމެ ކުރެއްވި ޓްވީޓެއްގަ އެވެ.
https://twitter.com/SpokespersonMV/status/664433408521572352
މި ޓްވީޓްގެ ކުރިން ކުރެއްވި އެހެން ޓްވީޓެއްގައި ތަރުޖަމާނު ވިދާޅުވެފައިވަނީ "2016 ވަނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓާ ބެހޭގޮތުން މިއަދު ބޭއްވުނު ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރައްވައިފި" ކަމަށެވެ.
https://twitter.com/SpokespersonMV/status/664433125313810433
ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު، މިމަހުގެ އެއް ވަނަ ދުވަހު ވިދާޅުވެފައިވަނީ ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހަޅާނީ މިމަހުގެ 12 ވަނަ ދުވަހު (މާދަމާ) ކަމަށެވެ.
27.457 ބިލިއަން ރުފިޔާގެ ބަޖެޓެއް އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާއިރު މި އަހަރުގެ ބަޖެޓްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ 24.3 ބިލިއަން ރުފިޔާ އެވެ. އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި އޮތީ 21.5 ބިލިއަން ރުފިޔާ އެވެ.
ރިކަރެންޓް ޚަރަދަށް 15.8 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކޮށްފައިވާއިރު ކެޕިޓަލް ޚަރަދުގެ ގޮތުގައި 8.5 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް