ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ސަރުކާރުން ދެއްވުމަށް ހަމަޖެއްސެވި ޝަރަފްވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު މިރޭ ދެއްވައިފިއެވެ.
މިއިނާމުތައް ދެއްވީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ދަރުބާރުގޭގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ.
ޝަރަފްވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ޝަރަފުގެ އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ފިލައެކެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ހަނދާނީ ފިލައަކާއި، ހަނދާނީ ލިޔުމެކެވެ.
މިފަހަރު ޝަރަފްވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަތީ ތިންބޭފުޅަކަށެވެ. އެ ތިން ބޭފުޅުންނަކީ:
- އިސްލާމްދީނުގެ ހޭލުންތެރިކަން އިތުރުކުރުމާއި، ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން:
އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ، ހ. މީރުބަހުރުގެއާގެ
- ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ދިވެހި ޅެންވެރިކަން ކުރިއެރުވުމުގެ ރޮނގުން:
އަލްފާޟިލާ ރަމްލާ ޢަބްދުލްޣަނީ، ހ. ހަތިހާ
- މަސްވެރިކަމުގެ ދާއިރާއިން، މަސްވެރިކަމާ ބެހޭގޮތުން މުޖްތަމަޢު ހޭލުންތެރިކުރުވުމާއި، ތަމްރީނު ދިނުމުގެ ރޮނގުން:
އަލްފާޟިލް މައިޒާން އަޙްމަދު މަނިކު، ހ. ގާދޫ
މިފަހަރު ހިތްވަރު ދިނުމުގެ ޤައުމީ އިނާމު އެރުވުނު 19 ބޭފުޅުންނަކީ:
- ކީރިތި ޤުރްއާން ކިޔެވުމާއި، އުނގަންނައިދިނުމުގެ ދާއިރާއިން:
އަލްޤާރީ އިބްރާހީމް ޝިފާއު، ރ. އިންނަމާދޫ / ޝާރކް
- ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ވާހަކަ ލިޔުމުގެ ފަންނު ކުރިއެރުވުމުގެ ރޮނގުން:
އަލްފާޟިލާ ޔަޝްފާ ޢަބްދުލްޣަނީ، ހދ. މަކުނުދޫ / ރޯޒަރީ
- އިންސާނީ ޙައްޤުތައް ދިރުވައި އާލާކުރުމުގެ ދާއިރާއިން، އިންސާނީ ޙައްޤުތަކަށް ހޭލުންތެރިކުރުވުމުގެ ރޮނގުން:
އަލްފާޟިލާ އާމިނަތު ޒެނީޝާ ޝަހީދު ޒަކީ، މ. ނޫރާނީގެ
- ފަތުރުވެރިކަމުގެ ދާއިރާއިން، ކެއްކުމުގެ ހުނަރުވެރިކަން ކުރިއެރުވުމުގެ ރޮނގުން:
އަލްފާޟިލް ޢަބްދުﷲ ޞަބާޙް، ބ. އޭދަފުށި / ބިންހިމަގެ
- އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން، މުޖުތަމަޢާއި ޒުވާނުންގެ ތަރައްޤީއަށާއި، ޒުވާނުން ބިނާކުރުމަށާއި ތަރުބިއްޔަތު ކުރުމަށް މަސައްކަތްކުރުމާއި، ޖަމާޢަތަށް ފައިދާހުރި މަސައްކަތްކުރުމުގެ ރޮނގުން:
ޑޮކްޓަރ ޢަލީ ޝަމީމް، ހ. މެރިންވިއު
- އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށާއި މީހުންނަށް ޚިދުމަތް ކުރުމުގެ ރޮނގުން:
އަލްފާޟިލާ މަރްޔަމް ފަޒްނީ، ކ. މާފުށި / ރަތްވިލާ
- ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން، ވިޔަފާރި ފުޅާކޮށް ތަރައްޤީ ކުރުމުގެ ރޮނގުން:
އަލްފާޟިލް ޢައްބާސް މުޙައްމަދު، ހ. މެރީރޯޒް
- ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން، އިޤްތިޞާދަށް މުޅިން އައު ޚިދުމަތްތަކާއި މަސައްކަތްތައް ތަޢާރުފްކޮށް ތަރައްޤީކޮށް ކުރިއެރުވުމުގެ ރޮނގުން:
އަލްފާޟިލް މުޙައްމަދު އިބްރާހީމް، ގ. މުށިވެލި
- ދަތުރުފަތުރުގެ ދާއިރާއިން، އެއްގަމު ދަތުރުފަތުރުގެ ނިޒާމު ތަރައްޤީކުރުމާއި، އެރޮނގުން މީހުން ތަމްރީނު ކުރުމުގެ ރޮނގުން:
އަލްފާޟިލް އިލްޔާސް މުޙައްމަދު، ހ. ދެވެލިކިނާރާ
- ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން، މަޢުލޫމާތު ފެތުރުމާއި ހުށަހެޅުމުގެ ހުނަރުވެރިކަން ކުރިއެރުވުމުގެ ރޮނގުން:
އަލްފާޟިލާ މަރްޔަމް ވަޙީދާ، ގ. ހިލްމަން
- ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން، ބްރޯޑްކާސްޓް ކުރުމާއި، ނޫސްވެރިކަން ކުރިއެރުވުމުގެ ރޮނގުން:
އަލްފާޟިލް ސިނާން ޢަލީ، މާލޭ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު 950
- ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން، ނޫސްވެރިކަން ކުރިއެރުވުމުގެ ރޮނގުން:
އަލްފާޟިލް އަޙްމަދު ޙަމްދޫން، ސ. ހިތަދޫ / އަބުހަރީގެ
- ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ކުޅުމާއި، މީހުން ތަމްރީނު ކުރުމުގެ ރޮނގުން:
އަލްފާޟިލް ފަރްޙަތު ޖަލީލު، މއ. މިލާން
- ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ކުޅުމާއި، ކުޅިވަރު ހިންގުމާއި، ފަންނީ ރޮނގުން ކުޅިވަރަށް ޚިދުމަތް ކުރުމުގެ ރޮނގުން:
އަލްފާޟިލް ޢާމިރު މަންޞޫރު، މއ. މަނަސް
- ކުޅިވަރުގެ ދާއިރާއިން، ކުޅިވަރުގެ ބޭސްވެރިކަމުގެ ރޮނގުން:
އަލްފާޟިލް އަޙްމަދު ޝަކީބު، މއ. ފަރުދާބަގީޗާ
- ވިޜުއަލް އާޓްސްގެ ދާއިރާއިން، ކުރެހުމުގެ ރޮނގުން:
އަލްފާޟިލް ޙުސައިން ޢަލީމަނިކު، މއ. ފްލޮރިފަރ
- ވިޜުއަލް އާޓްސްގެ ދާއިރާއިން، ކޮމްޕިއުޓަރ އާޓްސް، އެނިމޭޝަންގެ ރޮނގުން:
އަލްފާޟިލް ޔާމީން ރަޝީދު، ގ. ސުތުލިގެ
- ވިޜުއަލް އާޓްސްގެ ދާއިރާއިން، ލިޔުމާއި ފަރުމާކުރުމުގެ ރޮނގުން:
އަލްފާޟިލް މުޙައްމަދު ރިޟްވާން، މއ. ތަބައްގެ
- ޒުވާނުންގެ ދާއިރާއިން، ދަރުމަޔަށް މަސައްކަތް ކުރުމުގެ ރޮނގުން:
އަލްފާޟިލް އިބްރާހީމް ރަޝީދު، ނ. މަގޫދޫ / ސާމިޔާނާ
މިއަދުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިނާމު ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ވިދާޅުވެ، ހެޔޮއެދުންތައް ފޮނުއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް