މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ރޭ ދެއްވައިފިއެވެ.
މި އިނާމުތައް ދެއްވީ، ޖުމްހޫރީދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. ޚާއްޞަ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ މެޑެއްޔަކާއި ހަނދާނީ ލިޔުމެކެވެ.
މިއަހަރު ޚާއްޞަ އިނާމު ލިބިވަޑައިގަތީ 15 ބޭފުޅަކަށެވެ. އެބޭފުޅުންގެ ތެރޭގައި، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެ މަތީ ލެވެލްގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވި ހަތަރު ބޭފުޅަކާއި؛ މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެ މަތީ ވަނަ ހޯއްދެވި ހަބޭފުޅަކާއި؛ ބައިނަލްއަޤުވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން، ނުވަތަ ބައިނަލްއަޤުވާމީ މިންކުރުމަކުން މަތީވަނަ ނުވަތަ ޝަރަފު ހާސިލު ކުރެއްވި ބޭފުޅަކާއި؛ ރާއްޖެއަށް ދިމާވެފައިވާ މައްސަލައަކަށް ޙައްލެއް ހޯދުމުގެ ގޮތުން އައު އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން، ނުވަތަ ޢިލްމީ ދިރާސާއެއް ކޮށްގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކުރައްވާފައިވާ ބޭފުޅަކާއި؛ ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދިކަމުގެ އިނާމު ހާސިލު ކުރެއްވި ތިން ބޭފުޅަކު ހިމެނިވަޑައިގަންނަވައެވެ.
ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެ މަތީ ލެވެލްގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވި 4 ބޭފުޅުންނަކީ:
- ޑޮކްޓަރ ޢަބްދުލްޙަންނާން ވަޙީދު، ދަފްތަރު ނަންބަރު 2968
- ޑޮކްޓަރ މުޙައްމަދު ޝައިނީ، ހ. ރޯޒްބީމް
- ޑޮކްޓަރ ރަޙީމާ ޢަބްދުއްރަޙީމް، މއ. ދަތުރުނާގެ
- ޑޮކްޓަރ ޢަލީ ނަޖީބު، ބ. ކުޑަރިކިލު / ނީލް
މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެ މަތީ ވަނަ ހޯއްދެވި ހަބޭފުޅުންނަކީ:
- ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ސުލްޠާން އަޙްމަދު ބިޝާރު، މއ. ސްނޯވައިޓް
- އަލްފާޟިލް އިބްރާހީމް ޒުހައިރު، ފ. ފީއަލި / ނާޒިނީ މަންޒިލް
- އަލްފާޟިލް ޣާނިމް ޙުސައިން، ގއ. ގެމަނަފުށި / ހަބަރުގެ
- އަލްފާޟިލާ ޢުޒްމާ ޢަބްދުއްލަޠީފު، މ. ކޮކާވިލާ
- އަލްފާޟިލާ އާމިނަތު ޝަޒުރާ، ލ. މުންޑޫ / ބަނަފްސާގެ
- އަލްފާޟިލާ ސުހައިދާ އިބްރާހީމް، މއ. ރަބީޢުގެ
ބައިނަލްއަޤުވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން، ނުވަތަ ބައިނަލްއަޤުވާމީ މިންކުރުމަކުން މަތީވަނަ ނުވަތަ ޝަރަފު ހާސިލު ކުރައްވައިގެން، ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ހާސިލު ކުރެއްވި ބޭފުޅަކީ:
ސާޖަންޓް ޙަސަން ސާއިދު، ކ.ގާފަރު / ނިޔަމި
ރާއްޖެއަށް ދިމާވެފައިވާ މައްސަލައަކަށް ޙައްލެއް ހޯދުމުގެ ގޮތުން އައު އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން، ނުވަތަ ޢިލްމީ ދިރާސާއެއް ކޮށްގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކުރައްވައިގެން، ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ހާސިލު ކުރެއްވި ބޭފުޅަކީ:
ޑޮކްޓަރ ޢާއިޝަތު އެލީނާ، ގ. އައިދޫގެ
ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުމުގެ ރޮނގުން މެޑަލް ހާސިލު ކުރެއްވި ބޭފުޅުންނަކީ:
- އަލްފާޟިލް ޝަބީބް ތައުފީޤު، ގ. ރަންހިރި
- އަލްފާޟިލާ އާމިނަތު ފަޒްނާ ރަޝީދު، މ. ޒޭވަރު
- އަލްފާޟިލާ އާމިނަތު މަނިކެ، ގދ. ގައްދޫ / އަލަނާސިގެ
މިރޭގެ ޖަލްސާގައި، ކީރިތި ޤުރްއާން ހިތުދަސްކުރައްވައިގެން، ރައީސުލްޖުމްހޫރިއްޔާގެ މެޑެލް ހާސިލުކުރެއްވި ޙާފިޡުންނަށާއި، 2014 ވަނަ އަހަރު ބޭއްވުނު ސާނަވީ އިމްތިޙާނުން އެކި މާއްދާތަކުން މުޅި ދުނިޔެއިން 1 ވަނަ ހާސިލުކޮށްގެން ރައީސުލްޖުމްހޫރިއްޔާގެ މެޑެލް ހާސިލުކުރި ދަރިވަރުންނަށާއި، 2015 ވަނަ އަހަރު ބޭއްވުނު މަތީ ސާނަވީ އިމްތިޙާނުން މުޅި ދުނިޔެއިން އެކި މާއްދާތަކުން 1 ވަނަ ހާސިލުކޮށްގެން ރައީސުލްޖުމްހޫރިއްޔާގެ މެޑެލް ހާސިލުކުރި ދަރިވަރުންނަށް ދެއްވާ މެޑަލްވެސް ދެއްވިއެވެ.
ކީރިތި ޤުރްއާން ހިތުދަސްކުރައްވައިގެން، ރައީސުލްޖުމްހޫރިއްޔާގެ މެޑެލް ހާސިލުކުރެއްވި ޙާފިޡުންނަކީ:
- އަލްޙާފިޡާ އާމިނަތު އަޙްމަދު، ސ. ހިތަދޫ / އޭކްޕޫލް
- އަލްޙާފިޡާ ޙައްވާދީދީ، ސ. ހިތަދޫ / ސުރޫރު
- އަލްޙާފިޡާ ފާޠިމަތު ރަހުވާ ރަޝީދު، ދަފްތަރު ނަންބަރު ދރ. 1704
- އަލްޙާފިޡް މުޙައްމަދު ޝަފްޢާން ސުލައިމާން، މ. ހެޕީކޯނަރ
2014 ވަނަ އަހަރު ބޭއްވުނު ސާނަވީ އިމްތިޙާނުން އެކި މާއްދާތަކުން މުޅި ދުނިޔެއިން 1 ވަނަ ހާސިލުކޮށްގެން ރައީސުލްޖުމްހޫރިއްޔާގެ މެޑެލް ހާސިލުކުރި ދަރިވަރުންނަކީ:
- ސާރާ އިބްރާހީމް، ސ. ހިތަދޫ / އައިރިސް - ބިޒްނަސް ސްޓަޑީޒް (އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް)
- އާމިނަތު އިބާ މަހްރީން، މ. ޕަރީރުގެ - ކޮމްޕިއުޓަރ ސްޓަޑީޒް (އިސްކަންދަރު ސްކޫލް)
- ފާޠިމަތު ޞިބާ ސަޢީދު، ސ. ފޭދޫ / ދުންނިކަގެ - އިކޮނޮމިކްސް (ސ. ފޭދޫ ސްކޫލް)
- މަރްޔަމް ޒުހާ ސަޢީދު، މ. ރާޅު - އިންގްލިޝް އޭޒް އަ ސެކަންޑް ލެންގްއޭޖް (އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް)
- ގަނިޝްތާ ބައްޓި، އިންޑިއާ - ސޯޝިއޮލޮޖީ (ބިލަބޮންގް ހައި އީޕީއެސް އިންޓަނޭޝަނަލް ސްކޫލް)
2015 ވަނަ އަހަރު ބޭއްވުނު މަތީ ސާނަވީ އިމްތިޙާނުން މުޅި ދުނިޔެއިން އެކި މާއްދާތަކުން 1 ވަނަ ހާސިލުކޮށްގެން ރައީސުލްޖުމްހޫރިއްޔާގެ މެޑެލް ހާސިލުކުރި ދަރިވަރުންނަކީ:
- އަފާ ޖަމީލް، ސ. މަރަދޫފޭދޫ / ނޫމަސް - އެކައުންޓިންގ (އައްޑޫ ހައި ސްކޫލް)
- މަލްޙާ މުޙައްމަދު ވަޙީދު، ސ. ހިތަދޫ / ފްރެސްކޯ – އެކައުންޓިންގ / ބިޒްނަސް ސްޓަޑީޒް (އައްޑޫ ހައި ސްކޫލް)
- އައިމަން ޢަލީ، ހއ. ހޯރަފުށި / އާވެހި - އެކައުންޓިންގ (ސެންޓާ ފޯ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން)
- މުޙައްމަދު ނަޒާލް އިބްރާހީމް، ދަފްތަރު ރ.ސ. ނަންބަރު 7704 - އެކައުންޓިންގ/މެތަމެޓިކްސް (ސެންޓާ ފޯ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން)
- އަޙްމަދު ޝާއިފް ޢިމާދު، ގއ. ނިލަންދޫ / ޖަބުރޯޒްގެ - އެކައުންޓިންގ (ސެންޓާ ފޯ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން)
- ދިފްލާ މުޙައްމަދު އިސްމާޢީލް، މ. ރޭވަން - އެކައުންޓިންގ (ސެންޓާ ފޯ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން)
- ޙުސައިން ޒިޔާދު، ހއ. ދިއްދޫ / ގުމްރީގެ - އެކައުންޓިންގ (ސެންޓާ ފޯ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން)
- ފާޠިމަތު ޝިމްލާ، ރ. އަނގޮޅިތީމު / ހަމަރޯޅި – އެކައުންޓިންގ (ރ. ހުޅުދުއްފާރު ސްކޫލް)
- ޢާއިޝަތު ލީނާޛު، ށ. ފޯކައިދޫ / ނިޔާމަ – އެކައުންޓިންގ (ހދ ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލް)
- މުޙައްމަދު އައުޖު، ނ. ހޮޅުދޫ / އާތު – އެކައުންޓިންގ (ނ.ހޮޅުދޫ މޭނާ ސްކޫލް)
މިރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޚާއްޞަ އިނާމު ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ތަހުނިޔާ ވިދާޅުވިއެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް