މީގެ ފަސް ދުވަސް ކުރިން، ލަންކާގެ ޕިލިޔަންދަލަ އަވަށުގައި މަރާލާފައި އޮއްވާ ފެނުނު ހ.ހަންޑްރެޑް ފްލާވާ، ހުސެއިން ރަޒީންގެ މަރުގެ މައްސަލައިގާ ލަންކާ މީހަކުވެސް ހައްޔަރުކޮށްފައި ވާކަމަށާއި ރަޒީން މަރާލާފައިވަނީ 140 މިލިޔަން ލަންކާ ރުޕީޒްގެ ކޮންޓްރެކްޓެއްގެ ދަށުން ކަމަށް ލަންކާ ފުލުހުން ބުނެފި އެވެ.
ލަންކާ ފުލުހުންނާ ހަވާލާދީ އެގައުމުގެ ނޫހެއް ކަމުގައިވާ ޑެއިލީ މިރާ ގައި ބުނެފައިވަނީ މި މައްސަލައާއި ގުޅިގެން ލަންކާ ރައްޔިތަކު ހައްޔަރުކުރެވުނީ ކުރިން ހައްޔަރުކޮށްފައިވާ ދިވެހި މީހާ، ތަހުގީގުގައި ހާމަކުރި މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށެވެ. އަދި މި މައްސަލައާއި ގުޅިގެން ވެހިކަލެއް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާކަމަށް އެ ނޫހުގައި ވެ އެވެ.
އެ ނޫހުގައި ބުނެފައިވަނީ ރަޒީން މަރާލާފައިވަނީ ރާއްޖޭގެ ދެ ގޭންގެއްގެ ދެމެދުގައި ހިނގަމުން އަންނަ ހަމަނުޖެހުމެއްގެ ތެރެއިން 140 މިލިޔަން ލަންކާ ރުޕީސް (ގާތް ގަނޑަކަށް 10 ލައްކަ ޑޮލަރު)ގެ ކޮންޓްރެކްޓެއްގެ ދަށުން ކަމަށެވެ. އަދި އެ ކޮންޓްރެކްޓްގެ ދަށުން، މިހާރު ހައްޔަރުކޮށްފައިވާ ލަންކާ މީހާއަށް ފަސް ލައްކަ ސްރީލަންކާ ރުޕީސް ދީފައިވާކަމަށްވެސް ލަންކާގެ ފުލުހުންނާ ހަވާލާދީ ލަންކާގެ ޑެއިލީ މިރާގައި ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް