ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި "މިއުޒިކަލް ޑްރިލް" އެއް ބޭއްވުމަށް ގައުމީ ދިފާއީ ބާރުން ނިންމައިފި އެވެ.
ގައުމީ ދިފާއީ ބާރުން ބުނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި 2015 ނޮވެމްބަރު 11 ވާ ބުދަ ދުވަހު (މިއަދު) މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން މިއުޒިކަލް ޑްރިލް ޑިސްޕްލޭއެއް މާލޭގައި ބޭއްވުމަށް ހަމަޖެހިއްޖެހިފައި ވާކަމަށެވެ.
އެގޮތުން މި މިއުޒިކަލް ޑްރިލް ޑިސްޕްލޭ ބޭއްވުމަށް ހަމަޖެހިފައިވަނީ ޝަހީދުންގެ ބިނާ ކުރިމަތީގައި ކަމަށާއި އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މިއުޒިކަލް ޑްރިލް ޑިސްޕްލޭގެ ހުށަހެޅުންތައް ދައްކާލުމަށް ހަމަޖެހިފައިވަނީ ހަވީރު 04:30 އާއި 5:15 އަދި ރޭގަނޑު 08:30 ގައި ކަމަށް ގައުމީ ދިފާއީ ބާރުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް