އެމެރިކާގެ ނިއުޔޯކްގައި މިހާތަނަށް ސްކައި ޑައިވް ކޮށްފައިވާ އެންމެ އުމުރުން ދުވަސްވީ މީހާގެ ލަގަބު ހޯދާފައިވަނީ އެ ގައުުގެ 41 ވަނަ ރައީސް ޖޯޖް އެޗް ޑަބްލިއު ބުޝް އެވެ.
އޭނާގެ އުމުރުން 90 އަހަރުގައި ސްކައި ޑައިވް ކުރީ 90 ވަނަ އުފަންދުވަސް ފާހަގަ ކުރުމަށެވެ. އެހެން ނަމަަވެސް އެމެރިކާގެ ނިއުޔޯކްގައި ދިރިއުޅޭ އަންހެނަކު ވަނީ ބުޝްގެ މި ރެކޯޑު މމުގުރާލާފައި އެވެ.
އެލީނޯ ނަމަކަށް ކިޔާ މި އަންހެން މީހާ ވަނީ އޭނާގެ 100 އުފައްދުވަސް ފާހަގަ ކުރުމަށް ސްކައި ޑައިވް ކޮށްފައެވެ. އެހެން ނަމަަވެސް އޭނާ 100 ވަނަ އުފަންދުވަސް ފާހަގަކުރަން ސްކައި ޑައިވް ކުރީ ޖޯޖް އެޗް ޑަބްލިއު ބުޝްއާއި ވާދަކޮށް އޭނާގެ ރެކޯޑު މުގުރާލަން ކަމަކަށް ނުބުނެ އެވެ.
އެލީނޯއަށް ސްކައި ޑްއިވް ކުރުމުގައި އެހީތެރިވެދިން ޓްރެއިނަރު އެމްސީ ޑޮނަލްޑް ބުނީ މިއީ އޭނާ ސްކައި ޑައިވްކޮށްދިން އެންމެ ދުވަސްވީ މީހާ ކަމަށެވެ. އެލޯނާ ސްކައި ޑައިވް ކުރަން ބޭނުންވުމުން އޭނާގެ ޑޮކްޓަރު ބުނެފައިވަނީ އޭނާ ހިތް އެދޭ ކަމެއް ކުރުމަށް ފުރުސަތު ދިނުމުން ސިއްހަތު އިތުރަށް ވަރުގަދަވެގެންދާނެކަމަށެވެ.
އެލީނޯ ދިރިއުޅެމުންދަނީ އޭނާގެ މުނިމާމަ ދަރިންނާއި އެކު ނިއުޔޯކްގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް