ފާހާނާ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރަން ހުރި މީހަކު ހައްޔަރުކޮށްފި

އައްޑު ސިޓީ ހިތަދޫ ގެއެއްގެ ފާޚާނާތެރޭގައި މަސްތުވާތަކެތި ބޭނުން ކުރަންހުރި ކަމަށް ބެލެވޭ މީހަކު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 4 ރަބަރު ޕެކެޓާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވ...

11 Nov 2014 | 17:11

އައްޑު ސިޓީ ހިތަދޫ ގެއެއްގެ ފާޚާނާތެރޭގައި މަސްތުވާތަކެތި ބޭނުން ކުރަންހުރި ކަމަށް ބެލެވޭ މީހަކު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 4 ރަބަރު ޕެކެޓާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 43 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، މިއަދު މެންދުރު 11:50 ހާއިރު ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އޭނާ އުޅޭ ގޭގެ ފާޚާނާ ތެރޭގައި ހުއްޓާ ކަމަށެވެ.

މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 4 ރަބަރު ޕެކެޓް ފެނިފައިވަނީ އޭނާ ހުރި ފާޚާނާތެރެ ބަލައި ފާސްކުރިއިރު ކަމަށާއި މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހަކީ 3 ފަހަރުމަތިން ހުއްޓުވައި ސުވާލުކޮށް 5 ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް 3 ފަހަރު ހައްޔަރުކޮށްފައިވާ މީހެއް ކަމަށްވެސް ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށް ބުނީ ހައްޔަރުކުރި މީހާއަކީ މަސްތުވާތަކެތީގެ މައްސަލަތަކާއި ވައްކަންކުރުމުގެ ރެކޯޑް އޮންނަ މީހެއް ކަމަށާއި މަސްތުވާތަކެތީގެ މި މައްސަލަ ހިތަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް