އައްޑޫގައި ހިނގި އެކްސިޑެންޓްގައި ސީރިއަސް އަނިޔާ ލިބުނު މީހާ މަރުވެއްޖެ

އައްޑޫ ސިޓީގައި މިރޭ ހިނގި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހާ މަރުވެއްޖެ އެވެ. މަރުވެފައިވަނީ 33 އަހަރުގެ ފިރިހެނެކެވެ. މިރޭ 07:20 ހާއިރު ހިތަދޫ ބޮޑުމަގު މާހެރެ ކެފޭ ކުރިމަތީ ހިނގި މި ...

11 Nov 2014 | 16:23

އައްޑޫ ސިޓީގައި މިރޭ ހިނގި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހާ މަރުވެއްޖެ އެވެ.

މަރުވެފައިވަނީ 33 އަހަރުގެ ފިރިހެނެކެވެ.

މިރޭ 07:20 ހާއިރު ހިތަދޫ ބޮޑުމަގު މާހެރެ ކެފޭ ކުރިމަތީ ހިނގި މި އެކްސިޑެންޓްގައި މަރުވި  މީހާގެ އިތުރުން ދެ މީހަކަށް ވަނީ އަނިޔާވެފައި އެވެ. ފުލުހުން ބުނީ އެ ދެ މީހުންނަށްވެސް މިހާރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދާ ކަމަށެވެ.

ފުލުހުން ބުނީ އެމީހާ މަރުވެފައިވަނީ އެކްސިޑެންޓގައި ލިބުނު ސީރިއަސް އަނިޔާތަކަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ހެއެއް ނެތެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވެފައިވަނީ ދެ ކޮޅަށް ދުއްވާފައިދިޔަ ދެ ސައިކަލު ޖެހުމުގެ ސަބަބުންނެވެ. މި ދެ ސައިކަލަށްވެސް އެކި ވަރުގެ ގެއްލުންތައް ލިބިފައި ވެއެވެ.

މި އެކްސިޑެންޓްގެ މައްސަލަ ހިތަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް