ސްޕެނިޝްލަލީގާ: ރިއާލް ސޮސިއެޑާގެ ކޯޗުކަމަށް ޑޭވިޑް މޮއެސް ހަމަޖައްސައިފި

ރިއާލް ސޮސިއެޑާގެ ކޯޗުކަމަށް ކުރީގެ މެންޗަސްޓަރ ޔުނައިޓެޑްގެ ކޯޗު ޑޭވިޑް މޮއެސް ހަމަޖައްސައިފިއެވެ. ރިއާލް ސޮސިއެޑާއިން ނެރުނު ސްޓޭޓްމެންޓެއްގައި މިކަން ކަށަވަރުކޮށްދީފައިވާއިރު، ޓީމުގެ ކޯޗެއްގެ ގޮތުގ...

11 Nov 2014 | 16:21

ރިއާލް ސޮސިއެޑާގެ ކޯޗުކަމަށް ކުރީގެ މެންޗަސްޓަރ ޔުނައިޓެޑްގެ ކޯޗު ޑޭވިޑް މޮއެސް ހަމަޖައްސައިފިއެވެ.

ރިއާލް ސޮސިއެޑާއިން ނެރުނު ސްޓޭޓްމެންޓެއްގައި މިކަން ކަށަވަރުކޮށްދީފައިވާއިރު، ޓީމުގެ ކޯޗެއްގެ ގޮތުގައި މޮއެސް ސޮއެކޮށްފައިވަނީ 30 ޖޫން 2016 އާއި ހަމައަށެވެ.

އިނގެރޭސި ޕްރިމިއަރލީގުގައި އެވަރޓަންގެ ކާމިޔާބަށްފަހު މެންޗަސްޓަރ ޔުނައިޓެޑަށް ވޭތުވެދިޔަ ސީޒަންގައި ކޯޗުކަންކޮށްދިން މޮއެސްއަށްވަނީ ޔުނައިޓެޑްގައި ގިނަ ފާޑުކިޔުންތަކަކާއި ކުރިމަތިލާންޖެހިފައެވެ. އެގޮތުން މެންޗަސްޓަރ ޔުނައިޓެޑްގެ ފަރާތުން ވޭތުވެދިޔަ ސީޒަންގައި ފެނުނު ދަށް ނަތީޖާތަކުގެ ސަބަބުން ސީޒަން ނިމުމުގެކުރިން މޮއެސްވަނީ މަގާމުން ދުރުކޮށްފައެވެ.

ރިއާލް ސޮސިއެޑާ ވޭތުވެދިޔަ ސީޒަންގައި ސްޕެނިޝްލަލީގާ ތާވަލުގެ 4 ވަނަ މަގާމު ހޯދާ ޗެމްޕިއަންސްލީގަށް ކޮލިފައިވިނަމަވެސް މުހިއްމު ކުޅުންތެރިންތަކެއް ވިއްކާލުމާއެކު މިސީޒަންގެ މިހާތަނަށް ރިއާލް ސޮސިއެޑާ އޮތީ ލީގު ތާވަލުގެ 15 ވަނައިގައެވެ.

މޮއެސް އޭނާގެ ފުރަތަމަ މެޗަށް ޓީމާއެކު ނިކުންނާނީ އިންޓަރނޭޝަނަލް ބްރޭކަށްފަހު ޑެޕޯޓިވް ލަކަރޫނާއާއި ދެކޮޅަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް