ފައިސާއާއި ޗެކު ޖަމާ ކުރެވޭ އޭޓީއެމްގެ ހިދުމަތް ބީއެމްއެލްއިން ފަށައިފި

ފައިސާއާއި ޗެކު ޖަމާކުރެވޭ އޭޓީއެމްގެ ހިދުމަތް ބޭންކް އޮފް މޯލްޑިވްސްއިން ދޭން ފަށައިފި އެވެ. ބީއެމްއެލް އިން މިއަދު ތައާރަފް ކުރި "ސެލްފް ސާވީސް އޭޓިއެމް" ހިދުމަތާ ގުޅޭ ގޮތުން އެކުންފުނިނ ްބުނީ 24 ގަ...

11 Nov 2014 | 15:52

ފައިސާއާއި ޗެކު ޖަމާކުރެވޭ އޭޓީއެމްގެ ހިދުމަތް ބޭންކް އޮފް މޯލްޑިވްސްއިން ދޭން ފަށައިފި އެވެ.

ބީއެމްއެލް އިން މިއަދު ތައާރަފް ކުރި "ސެލްފް ސާވީސް އޭޓިއެމް" ހިދުމަތާ ގުޅޭ ގޮތުން އެކުންފުނިނ ްބުނީ 24 ގަޑިއިރު ޗެކާއި ފައިސާ ޖަމާކުރެވޭ ގޮތަށް ހިދުމަތް ލިބޭ 22 އޭޓީއެމްއެއް މާލެޭގެ އެކި ސަރަހއްދުތަކުގައި ހުންނަނެ ކަމަށެވެ. އަދި މި ހިދުމަތް ތައާރަފްކުރީ ރައްޔިތުންނަށް ފަސޭހަ ހިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށެވެ.

އެބޭންކުން ބުނީ މިއަދު ތައާރަފްކުރެވުނު މި އޭޓީއެް މެދުވެރިކޮށް ލޯނަށް ފައިސާ ދެއްކުމާއި ކާޑަށް ފައިސާ ދެއްކުމުގެ އިތުރުން އެހެން އެކައުންޓްތަކަށް ފައިސާ ޖަމާ ކުރެވޭނެ ކަމަށެވެ. އަދި މިއަހަރު ނިމުމުގެ ކުރިން ޑޮލަރު ޖަމާކޮށް ފައިސާ ނެގޭ، އޭޓީއެމްގެ ހިދުމަތްވެސް ތައާރަފް ކުރާނެ ކަމަށެވެ.

މި އޭޓީއެމް މެދުވެރިކޮށް ފައިސާ ޖަމާކުރުމަށް އެކައުންޓް ނަމްބަރު ޖެހުމަށްފަހު ބޭނުންވާ ފައިސާގެ އަދަދެއް ޖެހުމުން ފައިސާ އާއި ޗެކު ލާނެ އެއްޗެއް މެޝިން ތެރެއިން ނުކުމެއެވެ. އަދި އެފައިސާ އަލުން ގުނުމަށް ފަހު ލެވިފައި އިންވަރު ސްކީރުން ދައްކާއިރު، އެ އަދަދު ބަދަލު ކުރަން ބޭނުންވާނަމަ އެ ފުރުސަތު ލިބެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް