އެފްރިކަން ކަޕް: މުބާރާތް މޮރޮކޯގައި ނުބާއްވާގޮތަށް ނިންމުމަށްފަހު މޮރޮކޯ މުބާރާތުން ވަކިިކޮށްފި

އެފްރިކަން ކަޕް އޮފް ނޭޝަންސް ބޭއްވުމަށްޓަކައި ކުރިން ހަމަޖައްސާފައިވާ ގައުމު ކަމަށްވާ މޮރޮކޯގައި މުބާރާތް ނުބާއްވާގޮތަށް ނިންމުމަށްފަހު މޮރޮކޯއަށް ނުކުޅެވޭގޮތަށް މުބާރާތުން ވަކިކޮށްފިއެވެ. އެފްރިކާގެ...

11 Nov 2014 | 15:39

އެފްރިކަން ކަޕް އޮފް ނޭޝަންސް ބޭއްވުމަށްޓަކައި ކުރިން ހަމަޖައްސާފައިވާ ގައުމު ކަމަށްވާ މޮރޮކޯގައި މުބާރާތް ނުބާއްވާގޮތަށް ނިންމުމަށްފަހު މޮރޮކޯއަށް ނުކުޅެވޭގޮތަށް މުބާރާތުން ވަކިކޮށްފިއެވެ.

އެފްރިކާގެ ފުޓުބޯޅަ ކޮންފެޑަރޭޝަނުން މިއަދު މިސްރުގެ ކައިރޯގައި ބޭއްވި ބައްދަލުވުމަށްފަހު މިކަން ކަށަވަރުކޮށްދީފައިވާއިރު، އެފްރިކާގެ ފުޓުބޯޅަ ކޮންފެޑަރޭޝަނުން ބުނެފައިވަނީ މުބާރާތް މޮރޮކޯގައި ނުބާއްވާ ގޮތަށް ނިންމަންޖެހުނީ މޮރޮކޯއިން މުބާރާތް ބޭއްވުމަށްޓަކާއި  ވާންޖެހޭ ތައްޔާރީތަށް ވަމުން ނުދާތީކަމަށެވެ. އެފްރިކާ ސަރަހައްދަށް ދިމާވެފައިވާ އެބޯލާގެ މައްސަލައާއި ގުޅިގެން އަންނަ އަހަރުގެ ޖެނުއަރީ 17 ގައި ފެށުމަށް ހަމަޖައްސާފައިވާ އެފްރިކަން ކަޕް ބޭއްވުމަށްވަނީ ދަތިތަކަކާއި ކުރިމަތިވެފައެވެ. އެގޮތުން ނޯރތު އެފްރިކާގެ ގައުމުތަކުން މުބާރާތް ފަސްކުރުމަށް ބޭނުންވާކަމަށްވަނީ ހާމަކޮށްފައެވެ.

މުބާރާތް ބާއްވާ ގައުމުގެ ގޮތުގައި މުބާރާތަށް ކޮލިފައިވި މޮރޮކޯ މުބާރާތުން ވަކިކޮށްފައިވާއިރު އަދި މުބާރާތް ބާއްވާނެ ގައުމެއް އެފްރިކާގެ ފުޓުބޯޅަ ކޮންފެޑަރޭޝަނުން ކަނޑައަޅާފައެއް ނުވެއެވެ. މިހާތަނަށް އެފްރިކާގެ އެއްވެސް ގައުމަކުން މުބާރާތް ބޭއްވުމަށް ޝައުގުވެރިކަން ފާޅުކޮށްފައެއްނުވެއެވެ. ނަމަވެސް މުބާރާތް ކެންސަލްކޮށްފިނަމަ އެފްރިކާގެ ފުޓުބޯޅަ ކޮންފެޑަރޭޝަނަށް މާލީގޮތުން ބޮޑެތި ދަތިކަކާއި ކުރިމަތިލާން ޖެހޭނެއެވެ.

އެންމެފަހުން ބޭއްވި އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ޗެމްޕިއަނުންނަކީ ނައިޖީރިއާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް