ޑިމޮކްރަސީގެ ބޭނުން ހިފަންވީ ގައުމުގެ ދުވެލި ހަލުވި ކުރުމަށް: މަސީހު

ރާއްޖެއަށް ގެނެސްފައިވާ ޑިމޮކްރަސީގެ ބޭނުން ހިފަންވީ ގައުމުގެ ހަމަޖެހުމާއި، އިޖްތިމާއީ އަދި އިގްތިދސާދީ ދުވެލި ހަލުވި ކުރުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައސް އަބްދުﷲ މަސީހު ވިދާޅުވެއްޖެ އެވެ. ޖު...

11 Nov 2014 | 10:06

ރާއްޖެއަށް ގެނެސްފައިވާ ޑިމޮކްރަސީގެ ބޭނުން ހިފަންވީ ގައުމުގެ ހަމަޖެހުމާއި، އިޖްތިމާއީ އަދި އިގްތިދސާދީ ދުވެލި ހަލުވި ކުރުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައސް އަބްދުﷲ މަސީހު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މަޖިލީހުގެ ރައީސް ދެއްވި ހިތާބުގައި ވިދާޅުވީ ތަހުޒީބާއި ތަމައްދުއުގެ ރޮނގުން ކުރިޔަށް ދިއުމަށް ޑިމޮކްރަސީގެ ބޭނުން ހިފަންޖެހޭ ކަމަށެވެ. މަސީހު ވިދާޅުވީ ދިވެހި ދައުލަތް ހިންގުމުގައި އޮތް ރައްޔިތުންގެ ބައިވެރިވުން އެންމެ ހެޔޮގޮތުގައި ހިފައި، ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި އެންމެން އެކުގައި މަސައްކަތްކުރުމުގެ ރޫޙު އާލާ ކުރުމަށް އެދޭ ކަމަށެވެ.

"އަޅުގަނޑު ދެކޭގޮތުގައި، ޑިމޮކްރަސީ ރާއްޖެއަށް ގެނެސްދީފައިވާ ވެށީގެ ބޭނުން ހިފަންވީ ޤައުމުގެ ހަމަޖެހުމާއި، އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ ދުވެލި ހަލުވިކުރުމަށް. ތަހުޒީބާއި ތަމައްދުންގެ ރޮނގުގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް،" މަސީހު ވިދާޅުވި އެވެ.

ރާޢްޖޭގައި ޑިމޮކްރަސީއަށް އައިސްފައިވާ ކުރިއެރުމަކީ ފާހަގަ ކުރަންޖހެ ޭކުރިއެރުމެއް ކަމަށް ވިދާޅުވި އެވެ. އަދި މިއަދު ފެންނަމުން މިދަނީ ޖުމްހޫރީ ވެރިކަމުގެ އަސާސްތައް ވަރުގަދަކުރެވެމުންދާ މަންޒަރު ކަމަށް މަސީހު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް