އިނގެރޭސި ޕްރިމިއަރލީގު: އޮސްކާ ޗެލްސީގެ ކޮންޓްރެކްޓް އާކޮށްފި

ބްރެޒިލްގެ މިޑްފީލްޑަރ އޮސްކާ ޗެލްސީގެ ކޮންޓްރެކްޓް އާކޮށްފިއެވެ. އުމުރުން 23 އަހަރުގެ އޮސްކާ ޑޮސްސަންޓޮސް ޗެލްސީ ކޮންޓްރެކްޓް އާކޮށްފައިވަނީ 5 އަހަރުގެ މުއްދަތަކަށެވެ. އެގޮތުން އޮސްކާގެ އާ ކޮންޓްރެކް...

11 Nov 2014 | 07:23

ބްރެޒިލްގެ މިޑްފީލްޑަރ އޮސްކާ ޗެލްސީގެ ކޮންޓްރެކްޓް އާކޮށްފިއެވެ.

އުމުރުން 23 އަހަރުގެ އޮސްކާ ޑޮސްސަންޓޮސް ޗެލްސީ ކޮންޓްރެކްޓް އާކޮށްފައިވަނީ 5 އަހަރުގެ މުއްދަތަކަށެވެ. އެގޮތުން އޮސްކާގެ އާ ކޮންޓްރެކްޓުގެ މުއްދަތަކީ 2019 ވަނަ އަހަރާއި ހަމައަށެވެ.

2012 ވަނަ އަހަރުގައި ބްރެޒިލް ލީގުގެ ކުލަބެއް ކަމަށްވާ އިންޓަރނޭޝިއޮނަލްއިން ޗެލްސީއަށް ސޮއެކުރި މިޑްފީލްޑަރ އޮސްކާއަކީ މިހާރު ޗެލްސީ ޓީމަށް މުހިއްމު ކުޅުންތެރިއެކެވެ. ވޭތުވެދިޔަ ސީޒަނުގައި ޗެލްސީއަށް އޮސްކާވަނީ 11 ގޯލް ކާމިޔާބުކޮށްދީފައެވެ.

މިސީޒަނުގައި މިހާތަނަށް ޗެލްސީއިން ކުޅުނު އެއްވެސް މެޗަކުން ބަލިވެފައިނުވާއިރު އޮސްކާވަނީ ޗެލްސީއަށް މިސީޒަންގައިވެސް 15 މެޗުން 4 ގޯލް ކާމިޔާބުކޮށްދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް