ޕުޓިންގެ އިންޑިއާ ދަތުރުފުޅާ ގުޅޭ ގޮތުން މޯދީއާ މަޝްވަރާކުރައްވައިފި

ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން އަންނަ ޑިސެމްބަރު މަހު އިންޑިއާއަށް ކުރައްވާ ދަތުރުފުޅާ ގުޅޭ ގޮތުންނާއި، ދެޤައުމުގެ ދެމެދުގައި އޮތް އިސްތިރާޖީ ގުޅުމާއި ގުޅޭ ގޮތުން ޕުޓިން އާއި އިންޑިއާގެ ބޮޑުވަޒީރު...

11 Oct 2025 | 16:35
ޕުޑިން އަދި މޯދީ -

ޕުޑިން އަދި މޯދީ -

ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން އަންނަ ޑިސެމްބަރު

މަހު އިންޑިއާއަށް ކުރައްވާ ދަތުރުފުޅާ ގުޅޭ ގޮތުންނާއި، ދެޤައުމުގެ ދެމެދުގައި އޮތް

އިސްތިރާޖީ ގުޅުމާއި ގުޅޭ ގޮތުން ޕުޓިން އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ

މަޝްވަރާކުރައްވައިފިއެވެ.

ރަޝިޔާގެ ރިޔާސީ އޮފީހުން ބުނީ މި މަޝްވަރާތައް ކުރެވުނީ

ޕުޓިންގެ 73 ވަނަ އުފަންދުވަހާއި ގުޅުވައި، މޯދީ ކުރެއްވި ފޯނު ކޯލެއްގައިކަމަށެވެ.

މި ކޯލުގައި، ދެގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދިޔުމާއި ގުޅޭ ގޮތުންނާއި،

ދެ ވެރިން ޑިސެމްބަރުގައި ބައްދަލުކުރައްވާނެތީ އެކަމާ ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

ޕުޓިން އިންޑިއާއަށް ވަޑައިގަންނަވަނީ 23 ވަނަ އިންޑިއާ-ރަޝިޔާ

ސަމިޓަށެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުވެސް މޯދީއާއި

ޕުޓިން ވަނީ ފޯނުން ގުޅުއްވައި މަޝްވަރާކުރައްވާފައެވެ.

ފަހަކަށް އައިސް އިންޑިއާއާއި ރަޝިޔާގެ ގުޅުން ވަނީ

ވަރަށް ބޮޑަށް ރަނގަޅުވެފައެވެ. ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށުމާއެކު ރަޝިޔާގެ ތެޔޮ

ގަތުން ދުނިޔޭގެ ގިނަ ޤައުމުތަކުން ހުއްޓާލުމުން، އެކަން ފޫބެއްދީ އިންޑިއާއިން ރަޝިޔާގެ

ތެޔޮ އަގުހެޔޮކޮށް ގަންނަން ފެށުމުންނެވެ. މިހާރު އިންޑިއާއަކީ ރަޝިޔާގެ ތެޔޮ އެންމެ

ގިނައިން ގަންނަ އެއް ޤައުމެވެ. މިއާއެކު އެމެރިކާއިން ވަނީ އިންޑިއާއިން އެގައުމަށް

އެތެރެކުރާ މުދަލުން ނަގާ ޓެރިފް 50 އިންސައްތައަށް ބޮޑުކޮށް، ރަޝިޔާގެ ތެޔޮ ގަތުން

އެކަމުގެ ހުއްޖަތެއްކަމަށް ދައްކާފައެވެ. އަދި އެނިންމުމާއެކު އިންޑިއާ އާއި ރަޝިޔާގެ

ގުޅުން އިތުރަށް ބަދަހިވެފައިވާކަމަށް ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް