ބައެއް އޭރިއާތަކުން ކަރަންޓުގެ ޚިދުމަތްވެސް މެދުކެނޑިފައިވާކަމަށް މީޑީއާ ރިޕޯޓްތައް ބުނޭ - ފޮޓޯ: ރޮއިޓާސް
ބޯކޮށް ވާރޭވެހި ފެންބޮޑުވެ ބިންގަނޑު ކަހާލައި މެކްސިކޯގައި
28 މީހަކު މަރުވެއްޖެއެވެ.
އިއްޔެ އެ ޢަދަދު މެކްސިކޯގެ ކަމާބެހޭ ފަރާތްތަކުން
ހާމަކޮށްފައިވާއިރު މިއަދު އެ ޢަދަދު އިތުރުވުން އެކަށީގެންވެއެވެ.
ހުއްޓުމެއްނެތި ގިނަ އިރުތަކެއް ވާންދެން ވެހުނު ވާރޭގައި
ފެންބޮޑުވެ ބިންތައް ކަނޑައިގެން ދިޔުމުގެ ހާދިސާތަކުގައި އެތައް ގެއެއް ހަލާކުވެ
މައި މަގުތައް ހަލާކުވުމުގެ ހާދިސާތައްވެސް ހިނގާފައިވެއެވެ.
ހާލަތު އެންމެ ގޯސްވެފައިވާ ސަރަހައްދުތަކުގެ ތެރޭގައި
މެކްސިކޯގެ މެދުތެރޭގެ ސްޓޭޓެއް ކަމުގައިވާ ހިޑާލްގޯ ހިމެނޭއިރު އެ ސްޓޭޓުންއެކަނި
16 މީހަކު މަރުވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.
މީހުންނަށް އެހީވުމަށް 8،700 މިލިޓަރީ އޮފިޝަލުން
މަސައްކަތް ކުރަމުން އަންނައިރު މިހާތަނަށް ލިބުނު ގެއްލުމަށް ބަލާއިރު ހާހަކަށްވުރެ
ގިނަ ގެއާއި ހަސްފަތާލާއި ކްލިނިކް ހިމެނޭހެން 57 ތަނަކާއި 308 ސްކޫލަށް ގެއްލުން
ލިބިފައިވާކަމަށް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް