ހެކިންނަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތުގައި މިއަދު ހިންގި އޮޕަރޭޝަނުގައި އެކަކު ހައްޔަރުކޮށް ތިން މީހެއްގެ ޑިވައިސްތައް ހިފަހައްޓައިފި

ހެކިންނަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތުގައި މިއަދު މާލޭގައި ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި އެކަކު ހައްޔަރުކޮށް ތިން މީހެއްގެ ޑިވައިސްތައް ހިފަހައްޓައިފިއެވެ. މިއަދު މީޑިއާތަކަށް މަޢުލޫމާތުދެ...

11 Sep 2025 | 14:29
ދިވެހި ދެ ފުލުހަކު މަގުމަތީގައި - އާކައިވް ފޮޓޯ: ދުވަސް

ދިވެހި ދެ ފުލުހަކު މަގުމަތީގައި - އާކައިވް ފޮޓޯ: ދުވަސް

ހެކިންނަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތުގައި މިއަދު

މާލޭގައި ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި އެކަކު ހައްޔަރުކޮށް ތިން

މީހެއްގެ ޑިވައިސްތައް ހިފަހައްޓައިފިއެވެ.

މިއަދު މީޑިއާތަކަށް މަޢުލޫމާތުދެމުން ފުލުހުން

ބުނެފައިވަނީ ޝަރީޢަތް ހިންގަމުންދާ މައްސަލައެއްގެ ހެކިންނަށް ނުފޫޒު ފޯރުވުމަށް

މަސައްކަތްކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތުހުމަތު ކުރެވޭ މައްސަލައެއްގެ

ތަހުގީގުގައި މާލޭގައި ފުލުހުން އޮޕަރޭޝަނެއް ހިންގަމުން އަންނަ ކަމަށެވެ.

އެ އޮޕަރޭޝަނުގެ އަދާހަމަ މިރޭ ހާމަކުރަމުން ފުލުހުން

ބުނެފައިވަނީ އެ މައްސަލައާއި ގުޅިގެން ހިންގި އޮޕަރޭޝަނުގައި 34 އަހަރުގެ ދިވެހި

ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އޭނާ ދިރިއުޅޭތަން ކޯޓު

އަމުރެއްގެ ދަށުން ބަލައިފާސްކޮށް ޑިޖިޓަލް ޑިވައިސްތައް ހިފަހައްޓާފައިވާކަމަށެވެ.

އަދި އޭގެ އިތުރުން މި މައްސލައިގެ ތުހުމަތުގައި އިތުރު ދެމީހެއްގެ ޑިޖިޓަލް ޑިވައިސްތައްވެސް

ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް