ތިލަފުށި މަތިން ނަގާފައިވާ ފޮޓޯއެއް - ފޮޓޯ: އެޗްޑީސީ
ތިލަފުށީގައި މިއަދު ހިނގި ހާދިސާއެއްގައި ލޮރީއެއްގެ
ދަށުވެ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.
މީޑިއާއަށް މަޢުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި
މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރު 02:15 ހާއިރުގައެވެ.
"ތިލަފުށީގައި އެކްސްކަވޭޓަރެއް ކައިރީގައި
މަސައްކަތް ކުރަން ހުރި މީހެއްގެ ގައިގާ ލޮރީއަކުން ޖެހި ވެއްޓި އެމީހާގެ މަތިން
ލޮރީ ގޮސްފައިވާ މައްސަލަ މިއަދު ރިޕޯޓުކުރި" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވާގޮތުގައި މި އެކްސިޑެންޓްގައި
އަނިޔާވެފައިވަނީ ސްރީ ލަންކާގެ ފިރިހެނަކަށެވެ. އެމީހާއަށް އައިޖީއެމް
ހޮސްޕިޓަލުގައި ފަރވާދެމުން އަންނައިރު ސީރިޔަސް އަނިޔާތަކެއް ލިބިފައިވެއެވެ.
ލޮރީ ދުއްވި މީހާ ހައްޔަރުކޮށް ލޮރީވެސް
ޓޯކޮށްފައިވާކަމަށްވެސް ފުލުން ބުނެފައިވެއެވެ. ލޮރީ ދުއްވަން އިނީ އިންޑިއާއަށް
ނިސްބަތްވާ އުމުރުން 28 އަހަރުގެ ވިގްނޭޝް އަންނަދުރާއީ ނަމަކަށް ކިޔާ މީހެއް
ކަމަށް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް