ސަލަފުގެ ބޮޑު ދަރުހެއް މާދަމާ ރޭ - މައުލޫއަކީ "ލޯ މަރާލަން ޖެހޭނޭ"

އާންމުންނަށް ހުޅުވާލައިގެން ބާއްވާ ބޮޑު ދަރުސް ސިލްސިލާގެ ތެރެއިން ދަރުހެއް މާދަމާ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ޖަމިއްޔަތުއްސަލަފުން ބުނެފި އެވެ. މާދަމާ ރޭގެ ދަރުސް ދެއްވާނީ ސަލަފްގެ އިލްމުވެރިންގެ މަ...

11 Sep 2025 | 11:56
އައްޝެއިޚް އަބްދުއްސަލާމް ދާވޫދު: ފޮޓޯ/ ދާރިސް ޓީވީ

އައްޝެއިޚް އަބްދުއްސަލާމް ދާވޫދު: ފޮޓޯ/ ދާރިސް ޓީވީ

އާންމުންނަށް ހުޅުވާލައިގެން ބާއްވާ ބޮޑު ދަރުސް ސިލްސިލާގެ ތެރެއިން ދަރުހެއް މާދަމާ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ޖަމިއްޔަތުއްސަލަފުން ބުނެފި އެވެ.

މާދަމާ ރޭގެ ދަރުސް ދެއްވާނީ ސަލަފްގެ އިލްމުވެރިންގެ މަޖިލީހުގެ ވަކީލު، އައްޝައިޚް އަބްދުއްސަލާމް ދާވޫދު އެވެ. އާންމުންގެ މެދުގައި އެންމެ މަގުބޫލް އިލްމުވެރީންގެ ތެރޭގައި ހިމެނޭ ޝެއިހް ސަލާމްގެ މާދަމާ ރޭގެ ދަރުސްގެ މައުލޫއަކީ "ލޯ މަރާލަން ޖެހޭނޭ" މި މަައުލޫ އެވެ.

ސަލަފުން ބުނީ މާދަމާ ރޭގެ ދަރުސް އޮންނާނީ އާޓިފިޝަލް ބީޗްގައި ރޭގަނޑު 9:00 ގައި ކަމަށެވެ. މި ދަރުސް ދާރިސް ޓީވީން ވަގުތުން ދުރަށް ދައްކާނެ އެވެ. އަދި ސަލަފުގެ ރަސްމީ ޕޭޖްތަކުން ދުރަށް ދައްކާނެ އެވެ.

މި ދަރުސް އަޑުއެހުމަށް ވީހާވެސް ގިނަ ބަަޔަކު ހާޒިރުވުމަށް އެ ޖަމިއްޔާއިން އެދިފައިވެ އެވެ.

ދިވެހީންގެ ދީނީ ހޭލުންތެރި ކަމަށް އެންމެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރާ ޖަމިއްޔާއަކީ ސަލަފުގެ ޖަމިއްޔާ އެވެ. އެ ޖަމިއްޔާގެ ބޮޑު ދަރުސްތަކަށް އާންމުން ވަރަށް އިންތިޒާރު ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް