މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ހިއްސާ ވިއްކުމުގެ މުއްދަތު ދެދުވަހަށް އިތުރުކޮށްފިއެވެ.
އެމްއައިބީ އިން ހިއްސާ ވިއްކަން ފަށާފައި ވަނީ ޖުލައި މަހުގެ 28 ވަނަ ދުވަހުން މި މަހުގެ 18ގެ ނިޔަލަށެވެ. ނަމަވެސް މި މަހުގެ 22 ވަނަ ދުވަހަށް އެ ބޭނުންކުން ވަނީ ހިއްސާ ވިއްކުމުގެ މުއްދަތު އިތުރުކޮށްފައެވެ.
އެމްއައިބީ އިން ހިއްސާ ވިއްކުމަށް ދެ ދުވަސް އިތުރުކޮށްފައި ވަނީ، ހިއްސާ ވިއްކަން ހަމަޖެހިފައިވާ މުއްދަތުގައި ޖުލައި 28 އަދި އޯގަސްޓް 15 އަކީ ރަސްމީ ބަންދު ދުވަސްތަކެއްގެ ގޮތުގައި ސަރުކާރުން ކަނޑައެޅުމާއި ގުޅިގެންނެވެ. އެމްއައިބީ އިން ހިއްސާ ވިއްކުމަށް ހަމަޖެހިފައި ވަނީ 35 މާކެޓް ދުވަހަށެވެ.
އެ ބޭންކުގެ 6.9 މިލިއަން ހިއްސާ ވިއްކުމަށް ހަމަޖެހިފައިވާއިރު، ހިއްސާ ވިއްކުމަށް ހާއްސަ ކަލެކްޝަން އޮފީހެއްވެސް އެ ބޭނުންކުން ވަނީ ގާއިމުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް