މަރާލައިފައިވާ މީހުންނާއި ގެއްލުވާލައިފައިވާ މީހުންގެ މައްސަލަ ބެލުމަށް އުފައްދާފައިވާ ކޮމިޝަނުން ރިލްވާންގެ މަރާއި ގުޅޭގޮތުން އާންމުކުރި ރިޕޯޓާއި ގުޅިގެން ފުލުހުން ފެށި އޮޕަރޭޝަން ކަނޑުމަތީވެސް ކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، މަރުކޮމިޝަންގެ ބޭނުމަށް މިހާރު މާލޭގެ ތިން ގެއެއް ބަލައިފާސްކުރަމުން ދާކަމަށާއި، އެއް އޮޕަރޭޝަން މިވަގުތު ކަނޑުމަތީގައި ވެސް ކުރިއަށްދާ ކަމުގައެވެ. ކަނޑުމަތީގައި ހިންގާ އޮޕަރޭޝަން ކުރިއަށްދަނީ މާލޭ ސަރަހައްދުގައި ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ރޭ ފެށި މި އޮޕަރޭޝަނުގައި، މާލެ އާއި ހުޅުމާލޭގެ އިތުރުން އައްޑޫ ސިޓީގެ ނުވަ ތަނެއް ވަނީ ބަލައިފާސްކޮށްފައެވެ.
ފުލުހުން ރޭ ވިދާޅުވިގޮތުގައި، ތަންތަނާއި މީހުން ބަލާފާސްކުރަނީ މަރު ކޮމިޝަނުގެ އެދުމަށް ކޯޓުން ނެރެފައިވާ އަމުރުތައް ތަންފީޒުކުރުމަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް