އެޕަލް އިވެންޓް: އައިފޯނު 11 ޕްރޯ އަދި ޕްރޯ މެކްސް، ހިމަނާފައިވަނީ ތިން ކެމެރާ ހިމެނޭ ސިސްޓަމެއް

އެޕަލް ކުންފުނިން ރޭ ބޭއްވި އެ ކުންފުނީގެ ލޯންޗިން އިވެންޓްގައި އައިފޯނު 11 އާއެކު 11 ޕްރޯ އަދި 11 ޕްރޯ މެކްސް ވެސް ލޯންޗުކޮށްފިއެވެ. އައިފޯނު 11 އެކޭ އެއް ފަދައިން 11 ޕްރޯ އަދި ޕްރޯ މެކްސްގެ ވެސް އެނ...

11 Sep 2019 | 06:31

އެޕަލް ކުންފުނިން ރޭ ބޭއްވި އެ ކުންފުނީގެ ލޯންޗިން އިވެންޓްގައި އައިފޯނު 11 އާއެކު 11 ޕްރޯ އަދި 11 ޕްރޯ މެކްސް ވެސް ލޯންޗުކޮށްފިއެވެ.

އައިފޯނު 11 އެކޭ އެއް ފަދައިން 11 ޕްރޯ އަދި ޕްރޯ މެކްސްގެ ވެސް އެންމެ ހާއްސަ ސިފައަކީ ކެމެރާ ސިސްޓަމެވެ. ދެ ކެމެރާއެއް ނޫނެވެ. ތިން ކެމެރާއެވެ. ތިންވަނަ ކެމެރާއަކީ 12 މެގަޕިކްސެލްގެ ޓެލެފޮޓޯ ކެމެރާއެކެވެ. އަނެއް ދެ ކެމެރާއަކީ 12 މެގަޕިކްސެލްގެ ވައިޑް އޭންގަލް ކެމެރާ އަކާއި 12 މެގަޕިކްސެލްގެ އަލްޓްރާ ވައިޑް ކެމެރާއެކެވެ. ތިން ކެމެރާއިންވެސް 4K ކޮލިޓީގައި ވީޑިއޯ ކުރެވެއެވެ.

11 ޕްރޯގެ ޑިސްޕްލޭ ސައިޒަކީ 5.8 އިންޗިއެވެ. 11 ޕްރޯ މެކްސްގެ ސައިޒަކީ 6.5 އިންޗިއެވެ.

11 ޕްރޯގެ އަގު ފެށެނީ 999 ޑޮލަރުންނެވެ. ޕްރޯ މެކްސްގެ އަގު ފެށެނީ 1099 ޑޮލަރުންނެވެ.

ޕްރީ އޯޑަރަށް ހުޅުވާލާފައިވާއިރު އައިފޯނު 11 އެކޭ އެއްގޮތަށް 11 ޕްރޯ އަދި 11 ޕްރޯ މެކްސްވެސް ޝިޕް ކުރަން ފަށަނީ މި މަހުގެ 20 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް