މޯލްޑިވްސް ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް 2019 ގެ ޕްލެޓިނަމް ސްޕޮންސަރަކަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ހަމަޖެހިއްޖެއެވެ.
މި އެއްބަސްވުމުގައި އެސްޓީއޯ އާއި ޑރ ރެޑީސް އިން އޭޑީކޭއާއެކު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.
އިއްޔެ އެސްޓީއޯގައި ބޭއްވި ރަސްމިއްޔާތެއްގައި އޭޑީކޭގެ ފަރާތުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އަފްޢާލް ސޮއިކުރައްވާފައިވާއިރު އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކްޓިވް ސެކްރެޓަރީ މަރިޔަމް ޕަރުވީން އަބްދުލް ފައްތާހުއެވެ.
އޭޑީކޭ ހޮސްޕިޓަލުގެ ނިއުރޯ ސާރޖަން ޓީމުން އިސްނަގައިގެން ބާއްވާ މި ކޮންފަރެންސްގެ މަގުސަދަކީ އެ ދާއިރާގެ ރިސާރޗް ތަކާއި އައު ހޯދުންތަކާއި ކުރިއެރުންތައް ދާއިރާގެ ފަންނީ ތަޖުރިބާކާރުންގެ މެދުގައި ހިއްސާކުރުމުގެ ފުރުސަތެއް ހޯދައި ދިނުމެވެ.
އެސްޓީއޯއިން ބުނީ މިފަދަ ކޮންފަރެންސެއްގައި ބައިވެރިވުމުގެ މަގްސަދަކީ ސިއްހީ ދާއިރާގެ ކުރިއެރުމަށް ކުރެވޭ މިފަދަ ކަމެއްގައި އެ ކުންފުންޏަށް ވެދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދިނުންކަމަށެވެ.
ސެޕްޓެމްބަރު މަހުގެ 17 ން 19 އަށް ބާއްވާ މި ކޮންފަރެންސަކީ އޭޑީކޭ ހޮސްޕިޓަލް އިން ހިންގާ މި ސިލްސިލާގެ ތިންވަނަ ކޮންފަރެންސެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް