އަމީތާބް ބައްޗަށް ކޯވިޑް-19 އަށް ޕޮސިޓިވްވެ އެޑްމިޓްކޮށްގެން ފަރުވާ ދޭން ފަށައިފި އެވެ.
އަމީތާބުގެ ރަސްމީ ޓުވިޓާ އެކައުންޓުގައި ބުނެފައިވާގޮތުގައި ކޯވިޑް-19 އަށް އޭނާ ޕޮސިޓިވްވީ މިއަދު އެވެ. އަދި މިހާރު ފަރުވާ ދެމުންދަނީ އިންޑިއާގެ މުމްބާއީގެ ނާނާވަތީ ހޮސްޕިޓަލްގައި ކަމަށެވެ.
އަމީތާބުގެ އިތުރުން ދަރިފުޅު އަދި ބޮލީވުޑްގެ އެކްޓަރު އަބީޝެކް ބައްޗަންވެސް ވަނީ ކޯވިޑަށް ޕޮސިޓިވްވެފައި އެވެ.
އަމީތާބް ޕޮސިޓިވްވުމާއި ގުޅިގެން އާއިލާގެ އެންމެންނާއި އޭނާއަށް ފަރުވާ ދިން ހުރިހާ ސިއްހީ އެހީތެރިންނާއި މުވައްޒަފުން ވަނީ ކޯވިޑަށް ޓެސްޓުކޮށްފައި އެވެ. އެމީހުންގެ ޓެސްޓުގެ ނަތީޖާއެއް އަދި ނުލިބެ އެވެ.
މީގެ އިތުރުން މިދިޔަ10 ވަރަކަށް ދުވަހުގެ ތެރޭގައި އޭނާ އާއި ދިމާވެފައިވާ އެންމެން އަމިއްލައަށް ޓެސްޓު ކުރުމަށް އަމީތާބު އެދިފައިވެ އެވެ.
އަމީތާބު ކޯވިޑަށް ޕޮސިޓިވްވި އިރު އޭނާގެ އުމުރަކީ މިހާރު 77 އަހަރެވެ. މި ބަލީގައި އެންމެ އަވަހަށް ހާލު ސީރިއަސް ވަނީ އުމުރުން ދުވަސްވީ މީހުންނެވެ.
އަމީތާބަށް ޖެހުމާއި ގުޅިގެން ސަޕޯޓަރުންނާއި ބޮލީވުޑްގެ އެކްޓަރުންގެ އިތުރުން ސިޔާސީ ފަރާތްތަކުން ދަނީ ހިތާމަ ފާޅުކޮށް އަވަށް ޝިފާއަކަށް އެދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް