ކަޅުސައި: ނޮބޮއި ދޫކޮށްލެވޭ ވަރަށް ވުރެ ހަށިގަނޑަށް ފައިދާހުރި ބުއިމެއް!

ފެނަށް ފަހު ދުނިޔޭގައި އެންމެ ގިނަ ބަޔަކު ބޯ އެއްޗަކީ ކަޅު ސައެވެ. ފަހަރުގައި ގިނަ ބަޔަކު ކަޅުސައި ބޮނީ ހަމައެކަނި ރަހަ ރަނގަޅުވެފައި ތައްޔާރުކޮށްލަން ފަސޭހަވީމަ ކަމަށް ވެދާނެއެވެ. އަދި އޭގެން ހަށިގަނ...

11 Jun 2021 | 06:16

ފެނަށް ފަހު ދުނިޔޭގައި އެންމެ ގިނަ ބަޔަކު ބޯ އެއްޗަކީ ކަޅު ސައެވެ.

ފަހަރުގައި ގިނަ ބަޔަކު ކަޅުސައި ބޮނީ ހަމައެކަނި ރަހަ ރަނގަޅުވެފައި ތައްޔާރުކޮށްލަން ފަސޭހަވީމަ ކަމަށް ވެދާނެއެވެ. އަދި އޭގެން ހަށިގަނޑަށް ލިބޭ ފައިދާތައް ނޭނގި އޮވެވެސް ދާނެއެވެ. އެއްބަޔަކު ގަބޫލުކުރާ ގޮތުގައި ކަޅުސަޔަކީ ބޯން ކަމުދާ ބުއިމެއް ނޫނެވެ. އެކަމަކު އެއީ މުޅިން ގޯސް ގަބޫލުކުރުމެއްކަން މި ލިޔުން ލިޔާލުމަށް ފަހު އެނގިގެންދާނެއެެވެ.

ތެދެކެވެ. ކޮންމެ ކެއުމެއްގައި ވެސް ބުއިމެއްގައި ވެސް ނުރަނގަޅު މާއްދާއެއް ހުރެދާނެއެވެ. އެކަމަކު ކަޅުސަޔަކީ ބޯން ކަމުނުދާ ވަރަށް ގޯސް މާއްދާތައް އެކުލެވޭ އެއްޗެއް ނޫނެވެ. އެންމެ ފުރަތަމަ ކަޅުސައި ގޯސްވާ ހާލަތްތައް ކަމަށް މީހުން ދެކޭ ހާލަތްތައް ބުނެދޭނަމެވެ. ބައެއް މީހުން ކަޅުސައި ތައްޔާރުކުރާ އިރު، ފޮނި ރަހަ ގަދަކުރުމަށް ގިނައިން ހަކުރު އަޅައެވެ. އެއީ ގޯހެކެވެ. ގިނައިން ހަކުރު ބޭނުން ކުރުމުން ބަރުދަން އިތުރުވާކަން ގިނަ މީހުންނަށް ޤަބޫލު ކުރެވެއެވެ. މާބޮޑަށް ފަލަވުމަކީ އެކި ކަހަލަ ސިއްޙީ މައްސަލަތައް ކުރިމަތިވާނެ ކަމެކެވެ. އޭގެ ތެރޭގައި ހިތުގެ އެކިކަހަލަ މައްސަލަތަކާއި ހަކުރުބަލި ޖެހެން މަގުފަހި ވުން ވެސް ހިމެނޭ ކަމަށާއި ދުޅަހެޔޮ ރަނގަޅު ސިއްޙަތެއްގައި ހުރުމަށްޓަކައި ހަކުރު ބޭނުންކުރާ މިންގަނޑަށް ބަލައިގެން އުޅުމަށާއި ކަސްރަތު ކުރުމަށް ކަމާއިބެހޭ މާހިރުން އިރުޝާދު ދެއްވައެވެ. ހަކުރުގެ ސަބަބުން ލިބޭ އިތުރު ގެއްލުންތައް ހިމެނޭ ތަފުސީލީ ލިއުމެއް މީގެ ކުރިން "ދުވަސް" ގައި ވަނީ ޝާއިޢުކޮށްފައެވެ.

މިހާ ހިސާބުން، ކަޅުސައި ބުއިމުން ލިބޭ ފައިދާތަކަށް ނަޒަރު ހިންގާލަމާ ހެއްޔެވެ؟ ހަނދާން ކުރައްޗެވެ، ފައިދާ ވާނީ ހަކުރު މަރުކޮށް ކަޅުސައި ބޯ ނަމައެވެ. ކަޅުސައިން ހަށިގަނޑަށް ބޭނުންވާ އެންޓިއޮކްސިޑެންޓް ލިބެއެވެ. މި މާއްދާގެ ސަބަބުން ހަށިގަނޑުގެ ސެލްތައް ވަރުގަދަކޮށްދީ ސެލްތައް ހަލާކުވުމުން ދުރުކޮށްދެއެވެ. މީގެ ސަބަބަން ހިތުގެ ބަލިތަކުން އިންސާނާ ދުރުކޮށްދެއެވެ. މީގެ އިތުރުން، ޓޮބޭކޯގެ (ސިނގިރޭޓް އަދި ދުފުމުގައި ބޭނުންކުރާ ދުންފަތުގައި ގިނަ އަދަދަކަށް އެކުލެވޭ މާއްދާއެއް) ސަބަބުން ބެދިފައި ހުންނަ ޑީއެންއޭތައް ރަނގަޅު ކުރުމަށް ކަޅުސައިގައި ހުންނަ އެންޓިއޮކްސިޓެންޓް އެހީތެރިވެދެއެވެ.

ކަލުސައިގައި ހުންނަ ޕޮލީފެނޯލްސް މާއްދާގެ ސަބަބުން ހަށިގަނޑުގައި ސަރުބީ އުފެދުން މަދު ކޮށްދެއެވެ. އަދި ފަލަވުމުން ދުރުކޮށްދެއެވެ. ހަމައެހެންމެ، މީގެ އިންސިއުލިން އުފައްދާ ސެލްތައް ވަރުގަދަވެ، އޭގެ ސަބަބުން ހަކުރުބަލި ފަދަ ދާއިމީކޮށް ބޭސްކުރަންޖެހޭ ބަލިތަކުން ސަލާމަތްކޮށްދެއެވެ، އިތުރު ފައިދާއަކަށް ބަލާއިރު، ވަރުބަލިކަން ނުވަތަ ބުރަހެލިކަން އިހުސާސްކުރެވޭ ނަމަ މީހާ ތާޒާކޮށްދީ އުޖާލާކޮށްދޭ މާއްދާއެއް ވެސް ކަޅުސައިގައި އެކުލެވެއެވެ. އެއީ ކަޅުސައިގައި ހިމެނޭ މާއްދާއެއް ކަމަށްވާ އެމިނޯ އެސިޑް އެލް ތިއައިން ނަމަކަށް ކިޔާ މާއްދާ އެވެ. މީގެ ސަބަބުން މީހާގެ ބުރަހެލިކަން ފިލުވައިދީ ހަށިގަނޑުގެ މަސައްކަތް ރަނގަޅުކޮށްދެ އެވެ. އަދި ހާސްވެ، ބޯގޮވުން ފަދަ ކަންކަމުން މީހާ ދުރުކޮށްދެއެވެ.

އާންމުކޮށް ބޮއެ އުޅެ ކޮފީގެ ބާވަތްތަކަށް ވުރެ ކަޅުސަޔަކީ ކެފެއިން މަދު ބުއިމެކެވެ. މީގެ ސަބަބުން ލޭގެ މައްސަލަތަކާއި ކެންސަރުން މީހާ ދުކޮށްދެއެވެ. އަދި ކިޑްނީގެ ބަލިތައް ފަދަ ނުރައްކާތެރި ބަލިތަކުން ވެސް ދުރުކޮށްދެއެވެ. ކަޅުސައިގެ ސަބަބުން ހަސިގަނޑުގެ ދިފާއީ ބާރު ވަރުގަދަވެ ހަޖަމު ކުރުމުގެ ނިޒާމަށް ޖެހޭ ބަލިތަކުން ދުރުކޮށްދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް