މި މަހުގެ ހަ ވަނަ ދުވަހު ކުރިއަށް ދިޔަ 19 ވަނަ މަޖިލިސް އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާންކުރުން ކުރިއަށް އެބަދެއެވެ.
ރަސްމީ ނަތީޖާ އިއުލާން ރޭ ކުރުމަށް ހަމަޖެހިފައިވަނިކޮށް އީސީއިން ވަނީ ރަސްމީ ނަތީޖާ އިއުލާން ކުރުން މިއަދަށް ފަސްކޮއްފައެވެ.
އިންތިހާބުގައި ބެހެއްޓި ބައެއް ވޯޓު ފޮށިތަކާ ގުޅިގެން އީސީއަށް ހުށަހެޅި މައްސަލަތަކާ ގުޅީގެން ބައެއް ވޯޓު ފޮށިތަށް އަލުން ގުނާފައިވާއިރު ސައްހަ ވޯޓު ބާތިލުކަމަށް ބަލައިގެން ވޯޓު ގުނާފައި ހުރި ނަމަވެސް އަލުން ގުނި ވޯޓުފޮށިތަކުގެ ނަތީޖާވެސް ބަދަލުވެފައެއް ނުވެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި 212،079 ވޯޓު ލިއެވެ. އަދި 87 ދާއިރާއަކަށް 386 ކެންޑިޑޭޓުން ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ ގޮތުން ވާދަކުރިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް