ޕެންޝަން ފައިސާއިން ހައްޖަށް ދެވޭ އިސްލާހު ރައީސް ތަސްދީގު ކުރައްވައިފި

ހައްޖުގެ އަޅުކަން އަދާކުރުމަށް ޕެންޝަން ފަންޑުގެ ފައިސާއިން ބޭނުންކުރެވޭނެކަމަށް، ޕެންޝަނާ ބެހޭ ގާނޫނަށް ގެނައި އިސްލާހު، އިއްޔަ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފ...

11 Mar 2019 | 05:15

ހައްޖުގެ އަޅުކަން އަދާކުރުމަށް ޕެންޝަން ފަންޑުގެ ފައިސާއިން ބޭނުންކުރެވޭނެކަމަށް، ޕެންޝަނާ ބެހޭ ގާނޫނަށް ގެނައި އިސްލާހު، އިއްޔަ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފިއެވެ.

ޕެންޝަން ފައިސާއިން ހައްޖަށް ދެވޭ އިސްލާހު މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުގައެވެ. ޕެންޝަން ސްކީމުގައި ތިބި މީހުންގެ ތެރެއިން ހައްޖުގެ އަޅުކަން އަދާކުރަން ސޭވިން އެކައުންޓުން ފައިސާ ދޫކުރެވޭނީ އަލަށް ހައްޖަށް ދާ މީހުންނަށް އެކަންޏެވެ. ނަމަވެސް ގާނޫނަށް ގެނައި އިސްލާހުގައި ވަނީ، އޭގެ ތެރެއިން ބޭނުން ކުރެވޭނީ އެ އަހަރަކު ހައްޖަށް ދާން ދައްކަންޖެހޭ ރަސްމީ އަގުގެ ތެރެއިން ސަރުކާރުން ކަނޑައަޅާ 50 ޕަސެންޓް ކަމަށެވެ.

ޕެންޝަން ފަންޑުގެ ފައިސާއިން ހައްޖަށް ދިއުމަށް ބޭނުންކުރެވޭ ގޮތް ހެދުމަކީ، ރައީސް ގެ ރިޔާސީ ވައުދުފުޅެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް