މޯލްޑިވިއަންގެ ޓިކެޓް ގަނެވޭ މޮބައިލް އެޕްލިކޭޝަނެއް ތައާރަފު ކޮށްފި

ގައުމީ އެއާލައިން މޯލްޑިވިއަންގެ ޓިކެޓް ގަނެވޭ މޮބައިލް އެޕްލިކޭޝަނެއް ތައާރަފު ކޮށްފި އެވެ. މިއަދު އޮތް ރަސްމިއްޔާތެއްގައި މި އެޕް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒުވ...

11 Feb 2020 | 07:27

ގައުމީ އެއާލައިން މޯލްޑިވިއަންގެ ޓިކެޓް ގަނެވޭ މޮބައިލް އެޕްލިކޭޝަނެއް ތައާރަފު ކޮށްފި އެވެ.

މިއަދު އޮތް ރަސްމިއްޔާތެއްގައި މި އެޕް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒުވީ އެވެ.

މޯލްޑިވިއަންއިން ބުނީ މި އެޕް މެދުވެރިކޮށް ޓިކެޓް ބުކް ކުރުމާއި އިންޓަނެޓް މެދުވެރިކޮށް ފައިސާ ދައްކައިގެން ޓިކެޓު ގަތުމުގެ ހިދުމަތް ލިބޭނެ ކަމަށެވެ. އަދި މީގެ ކުރިން މޯލްޑިވިއަންއިން ދަތުރުކޮށްފައިވާނަމަ އެ މައުލޫމާތުތައްވެސް ބަލާލެވޭނެ ކަމަށެވެ.

މި އެޕްލިކޭޝަން މެދުވެރިކޮށް މޯލްޑިވިއަން ދަތުރު ކުރާ މަންޒިލްތައް ފަސޭހަކާމައި އެކުު ބަލާލެވޭ އިރު ތަފާތު މަންޒިލްތަކަށް ކަނޑައަޅާފައި ހުންނަ ފެއާތައްވެސް ފެންނަން ހުންނާނެ އެވެ. ކުރިޔަށް އޮތްތާ މި އެޕް މެދުވެރިކޮށް ރިފަންޑިންގެ ހިދުމަތްވެސް ދޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މޯލްޑިވިއަން އިން ބުނީ އެޕް ސްޓޯއަށް ގޮސް "މޯލްޑިވިއަން އެއާލައިން" ޖެހުމުން އެ ކުންފުނީގެ އެޕް ފެންނާނެ ކަމަށެވެ.

މޮބައިލް އެޕެއް ތައާރަފު ކުރި ނަމަވެސް އެ ކުންފުނީގެ ކޯލް ސެންޓަރަށް ގުޅައިގެނާއި ވައިބާ މެދުވެރިކޮށް އަދި ޓިކެޓް އޮފީސްތަކުން ވެސް ޓިކެޓު ނެގޭނެ އެވެ.

މޯލްޑިވިއަންގެ މޮބައިލް އެޕް ގޫގުލް ޕްލޭ އާއި އެޕަލް ސްޓޯރުން މިހާރު ޑައުންލޯޑު ކުރެވޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް