ކަފާލާތުގެ ދަށުން ދޫކުރެވޭނެ އުސޫލެއް ނެތް: އިންތި

ރާއްޖޭގެ ނިޒާމުގައި ކަފާލާތުގެ ދަށުން ކުށްވެރިއަކު ދޫކޮށްލެވޭނެ އުސޫލެއް ކަނޑައަޅާފައި ނެތް ކަމަށް ގާނޫނީ ވަކީލު އަދި މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެ އެވެ. ...

11 Jan 2020 | 11:36

ރާއްޖޭގެ ނިޒާމުގައި ކަފާލާތުގެ ދަށުން ކުށްވެރިއަކު ދޫކޮށްލެވޭނެ އުސޫލެއް ކަނޑައަޅާފައި ނެތް ކަމަށް ގާނޫނީ ވަކީލު އަދި މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެ އެވެ.

އިމްތިޔާޒް ވަނީ ކޯޓަކުން ހުކުމެއް އިއްވާފައިވާ އެއްވެސް މީހަކަށް ރާއްޖޭގައި މިހާތަނަށް ކަފާލާތުގެ ފުރުސަތު ދީފައިވޭތޯ ސުވާލު ކުރައްވާފަ އެވެ

އިމްތިޔާޒް ވިދާޅުވީ ވަރަށް ހަރުދަނާ ނިޒާމްތައް ހުންނަ ގައުމުތަކުގެ ތެރެއިން ވެސް ވަރަށް މަދު ގައުމެއްގައި ނޫނީ އެކަން އެހެން ނުހިނގާ ކަމަށެވެ.

އިންތި މިހެން ވިދާޅުވީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަބްދުލްގައްޔޫމްގެ އިސްތިއުނާފު މައްސަލާގައި ހައި ކޯޓުން ގޮތެއް ނިންމަން ދެން ކަފާލާތުގެ ދަށުން ދޫކޮށްލުމުގައި ގޮތެއް ނުނިމި ލަސް ކުރަމުން ދާތީ އެމަނިކުފާނު ކަންބޮޑުވުން ފާޅުކުރައްވާފައި ވަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް