މަސް ދޯންޏަކަށް ހޮނުއަޅައި ދެމީހަކަށް އަނިޔާވެއްޖެ

ރޭގެ ވަގުތެއްގައި މަސްދޯންޏަކަށް ހޮނުއަޅައި ދެމީހަކަށް އަނިޔާވެއްޖެއެވެ. ހޮނު އަޅާފައިވަނީ ގއ. މާރަންދޫ (ހަދަމުން އަންނަ ރިސޯޓެއް) ކައިރިން 13 މީހުންނާއެކު ދަތުރުކުރަމުންދިޔަ މަސްދޯންޏަކަށެވެ. މި ހާދި...

10 Dec 2019 | 05:46

ރޭގެ ވަގުތެއްގައި މަސްދޯންޏަކަށް ހޮނުއަޅައި ދެމީހަކަށް އަނިޔާވެއްޖެއެވެ.

ހޮނު އަޅާފައިވަނީ ގއ. މާރަންދޫ (ހަދަމުން އަންނަ ރިސޯޓެއް) ކައިރިން 13 މީހުންނާއެކު ދަތުރުކުރަމުންދިޔަ މަސްދޯންޏަކަށެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭ 12:55 ހާއިރުގައެވެ.

ފުލުހުން ބުނީ މި ހާދިސާގައި ދޯނީގައި ތިބި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުމާއި ގުޅިގެން ކޮލަމާފުށީ ސިއްހީ މަރުކަޒުން ފަރުވާދީފައިވާކަމަށާއި އެއްވެސް މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާކަމަށެވެ.

"ކޮލަމާފުށީ ދޯންޏެއްގައި ފުލުހުން އެ ސަރަހައްދަށް ގޮސް ހާދިސާ ހިނގި ދޯނި ކަފުޖަހައިގެން ރޭ 03:05 ހާއިރު ކޮލަމާފުށީ ބަނދަރަށް ވައްދާފައިވޭ" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނީ މި ހާދިސާގައި ދޯނީގެ ވީލްހައުސް އާއި ކަރަންޓު ސާމާނުތަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް