ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރައީސް ކަމުގެ މަގާމަށް ގެނައީ އަބްދުﷲ ޖާބިރުގެ ލާރިއަށް ކަމުގައި ޖާބިރު ވިދާޅުވެއްޖެއެވެ.
ޖާބިރު މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
"އޭނާ މަގާމުން ދުރުން ނޫންގޮތެއް އިބްރާހިމް މުޙައްމަދު ޞާލިހަށް ދެން ނޯންނާނެ، ރައީސް އެ މަގާމަށް ގެނެއްސަ އެހެރީ މަގޭ ލާރިން" ޖާބިރުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
މަގާމުން ދުރުކުރުމުގެ ވާހަކަ ޖާބިރު އިޝާރާތް ކުރައްވާފައިވަނީ ރައީސް ޞާލިޙްގެ އިކޮނޮމިކް މިނސްޓަރު ފައްޔާޒް އިސްމާއިލަށެވެ.
އޭގެ ކުރިން ޖާބިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ އިކޮނޮމިކް މިނިސްޓަރު "އަޅުގަނޑުގެ" މަންމަޔާއި ދިމާލަށް އައުގުރާނަ ގޮވާފައިވާކަމަށާއި މިހާރުން މިހާރަށް އޭނާ މަގާމުން ރުކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް އަމުރުކުރާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް