ރައީސުލްޖުމްހޫރިއްޔާ އއ. އަތޮޅުގެ ދެ ރަށަކަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަރިއަތޮޅު އުތުރުބުރީ އުކުޅަހަށާއި، ފެރިދޫއަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން ހާމަކުރައްވާފައިވާގޮތުގަ...

10 Dec 2018 | 04:32

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަރިއަތޮޅު އުތުރުބުރީ އުކުޅަހަށާއި، ފެރިދޫއަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ހާމަކުރައްވާފައިވާގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އުކުޅަހާއި ފެރިދޫގެ ރައްޔިތުންނާ ބައްދަލުކޮށްލައްވައި، އެ ދެ ރަށުގެ އެކި މުޢައްސަސާތަކަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ މިއަދު ހަވީރު މާލެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައިވާކަމުގައިވެސް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް