ދުވަހުގެ މޫސުން: މެދު ތެރެއާއި ދެކުނަށް ވިއްސާރަ ކުރާނެ، އުތުރަށް ރަނގަޅު

މިއަދު އިރު އޮއްސުމާއި ހަމައަށް ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި ގުގުރުންވެސް އެކަށީގެންވާކަމުގައި މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ. އެ އިދާރާއިން ބުނ...

10 Dec 2018 | 03:55

މިއަދު އިރު އޮއްސުމާއި ހަމައަށް ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި ގުގުރުންވެސް އެކަށީގެންވާކަމުގައި މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

އެ އިދާރާއިން ބުނެފައިވަނީ އެ ސަރަހައްދުތަކަށް ވިއްސާރަ ކުރި ނަމަވެސް އުތުރުގެ މޫސުން އާއްމުގޮތެއްގައި ރަނގަޅުވާނެކަމަށެވެ.

ބުނެފައިވަނީ އުތުރާއި އިރު އުތުރުން އުތުރުގެ އަތޮޅުތަކަށް ގަޑިއަކު ތިން މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ކަނޑު އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި ރާޅުގެ އުސްމިނަކީ އެއް ފޫޓާއި ދެ ފޫޓާއި ދެމެދު ކަމަށެވެ.

މީގެ އިތުރުން ހުވަދު އަތޮޅަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފައިވެއެވެ. އެ އެލާޓްގައި ބުނެފައިވަނީ މިއަދު ހެނދުނު 07:50 އާއި މެންދުރު 12:00 އާއި ދެމެދުގެ ވަގުތުތަކުގައި ހުވަދު އަތޮޅުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް