ކެޓޯޖެނިކް ޑައިޓަކީ ކޮބާ؟

ކެޓޯޖެނިކް ޑައިޓަކީ ދުނިޔޭގެ އެންމެ މަޝްހޫރު ސެލެބްރިޓީން މިއަދު ބޭނުންކުރާ އެއް ޑައިޓެވެ. އެގޮތުން މަޝްހޫރު ރިއަލިޓީ ޝޯވް ތަރި ކިމް ކަޑާޝިއަން، މަޝްހޫރު ބަތަލާ މޭގަން ފޮކްސް، އެޑްރިއާނާ ލިމާ ފަދަ ތަރ...

10 Dec 2017 | 07:54

ކެޓޯޖެނިކް ޑައިޓަކީ ދުނިޔޭގެ އެންމެ މަޝްހޫރު ސެލެބްރިޓީން މިއަދު ބޭނުންކުރާ އެއް ޑައިޓެވެ. އެގޮތުން މަޝްހޫރު ރިއަލިޓީ ޝޯވް ތަރި ކިމް ކަޑާޝިއަން، މަޝްހޫރު ބަތަލާ މޭގަން ފޮކްސް، އެޑްރިއާނާ ލިމާ ފަދަ ތަރިން ބޭނުން ކުރަމުންދަނީ މިޑައިޓެވެ.

ކެޓޯޖެނިކް ޑައިޓަކީ:

މި ޑައިޓަކީ 1920 ވަނަ އަހަރުން ފެށިގެން އެކި ރެސިޕީސްތަކުގައި އެޕިލެޕްސީއަށް ފަރުވާ ހޯދަމުންދާ ފަރާތްތަކުން ބޭނުން ކުރަމުން އައި ޑައިޓެކެވެ. މިއީ ކާބޯ ހައިޓްރޭޓްސް ދަށް، އަދި ހައި- ފެޓް އެކުލެވިގެންވާ ޑައިޓަކަށްވާއިރު ބޮޑީބިލްޑް ކުރާ ފަރާތްތަކުން މިޑައިޓް ބޭނުންކުރަމުންދާތާ ވަނީ އަހަރުތަކެއް ވެފައެވެ. މީގެ ސަބަބުން ހަށިގަނޑުން ކާބޯހައިޑްރޭޓްސް ދަށްކޮށް، ހަށިގަނޑުގައި ވަރުޖެހި، އަދި ކިޑްނީގެ ބަލިތަކުން މީހާ ސަލާމަތްކުރުމަށްޓަކައި ހައި ފެޓް އަދި ހައި ޕްރޮޓީން އެކުލެވޭ މާއްދާތައް ކެޓޯންސްގެ ސަބަބުން ލިއްބައިދޭ ކަމެވެ.

އެހެންކަމުން ޑައިޓް މަޝްހޫރުވެފައިވަނީވެސް ލޯ ކާބް ޑައިޓްގެ ގޮތުގައެވެ.

ކެޓޯޖެނިކް ޑައިޓުން ހަށިގަނޑުގައި ހުންނަ ފެޓްގެ 70 އިންސައްތަ ކެލޮރީސް ދަށްކޮށްދެއެވެ. އަދި މިޑައިޓުން ހަށިގަނޑަށް ކާބޯހައިޓްރޭޓްސް ފޯރުކޮށްދޭނީ އެންމެ ފަހެއް ނުވަތަ ދިހައެއް އިންސައްތައާއި ދެމެދުގެ މިންވަރަކަށެވެ.

ކެޓޯ ޑައިޓުގައި ބޭނުންކުރެވޭނެ ތަކެތި:

ފެޓީ މީޓްސް:- ބީފް، ލޭމްބް، ވެނިސަން ހިމެނެއެވެ.

ފެޓީ ފިޝް:- ކެޓް ފިޝް، ކޯޑް، ސެލްމޮން، ލޮބްސްޓަރ، ކްރެބް، ސްކެލޮޕްސް، އޮޔެސްޓާސް، އަދި ސްކުއިޑް ބޭނުންކުރެވިދާނެ އެވެ.

ކާބޯހައިޑްރޭޓްސް:- ގްރީން ލީފްސް، ކޯލީފްލަވަރ، މަޝްރޫމްސް ކެމުގައި ހިމަނަންވާނީ މަދުންނެވެ.

މީގެ އިތުރުން މިޑައިޓްގައި ކްރީމް، ބިސް، ގީ، އަދި ބަޓަރު، ކާށި ތެޔޮ ފަދަ ބާވަތްތައް ކެއްކުމުގައި ބޭނުންކުރެވިދާނެއެވެ. އަދި މިޑައިޓުގައި އެއްވެސް ގޮތަކަށް އަލުވި، ޕާން، ޕާސްތާ، ބަތް، ފަދަ ތަކެތި ބޭނުން ކޮށްގެން ނުވާނެ އެވެ.

ކެޓޯ ޖެނިކްގެ ތިން ވައްތަރެއްގެ ޑައިޓެއް އެކުވެލިގެންވެއެވެ. އެއީ އާންމުކޮށް ޑައިޓްތަކުގައި ބޭނުންކުރާ މިންވަރަށް ކުރިއަށްގެންދާ ސްޓަންޑާޑް ކެޓޯޖެނިކް ޑައިޓާއި، ޓާގެޑެޓް ޑައިޓްގެ ގޮތުގައި ހަށިގަނޑު އަވަހަށް ލުއި ކޮށްދިނުމަށްޓަކައި ކާބޯހައިޑްރޭޓްސް ހިމެނޭ އަވަހަށް ހަޖަމްކުރެވޭ މާއްދާ އެކުލެވޭ ޑައިޓުގެ އިތުރުން ބޮޑީބިލްޑް ކުރާ ފަރާތްތަކުން ގެންގުޅޭ ކްލިނިކަލް ކެޓޯޖެނިކް ޑައިޓް ހިމެނެއެވެ.

މިފަދަ ޑައިޓް ތަކުން ހަށިގަނޑަށް ބަދަލުތަކެއް އަންނަކަން ފުރަތަމަ ހަފްތާތަކުގެ ތެރޭގައި ފާހަނގަވި ނަމަވެސް އެކަން ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށްގެންދިޔުމަށް ހަށިގަނޑަށް ބޭނުންވާ ވަރަށް ކޮންމެ ދުވަހަކުވެސް ކަސްރަތުކޮށްލުމަކީ މުހިއްމު ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް