ރައީސް ޔާމީނާއި މެޑަމް ޓްވީޓަރގައި ހަމައެކަނި ފޮލޯ ކުރައްވަނީ އެއް ބޭފުޅަކު އަނެއް ބޭފުޅަކު

ރައީސެއްގެ ރަސްމީ ޓްވިޓަރ އެކައުންޓަކީ ކޮންމެ ގައުމެއްގަ ވެސް މުހިއްމު ޓްވިޓާ އެކައުންޓަކަށް ވާނެއެވެ. @PresidentYAG  ނަމުގައި ހަދާފައިވާ ޓްވިޓާ އެކައުންޓު ބުނާ ގޮތުން އެއީ ރާއްޖޭގެ ރައީސުލްޖުމްހޫރިއް...

10 Dec 2017 | 07:15

ރައީސެއްގެ ރަސްމީ ޓްވިޓަރ އެކައުންޓަކީ ކޮންމެ ގައުމެއްގަ ވެސް މުހިއްމު ޓްވިޓާ އެކައުންޓަކަށް ވާނެއެވެ. @PresidentYAG  ނަމުގައި ހަދާފައިވާ ޓްވިޓާ އެކައުންޓު ބުނާ ގޮތުން އެއީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ޓްވިޓާ އެކައުންޓެވެ. 43 ހާހަށް ވުރެ ގިނަ މީހުން އެ އެކައުންޓް ފޮލޯ ކުރެއެވެ. ރައީސް އެންމެ ފަހުން ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގެ ފޮޓޯތައް ވެސް ބަރާބަރަށް މި ޓްވިޓާ އެކައުންޓަށް އަޕްޑޭޓް ވިއެވެ.

އެހެންނަމަވެސް އެހެން ގައުމުތަކުން ރައީސުންގެ ޓްވިޓަރ އިން ފާހަގަނުކުރެވޭ ކަމެއް ފާހަގަކުރެވެއެވެ. ރައީސް ހަމައެކަނީ ފޮލޯ ކުރައްވަނީ މެޑަމް ފާތުމަތު އިބްރާހިމްގެ އެކައުންޓެވެ. އަދި މެޑަމް ފާތުމަތު އިބްރާހިމްވެސް ހަމައެކަނި ފޮލޯ ކުރައްވަނީ ރައީސް ޔާމީންގެ އެކައުންޓެވެ. މި  ދެ ޓްވިޓާ އެކައުންޓްވެސް ހަދާފައިވަނީ ޖުލައި 2015 ގައެވެ. މެޑަމް ފާތުމަތު އިބްރާހިމް އަކީ ރައީސް ޔާމިންގެ ކެމްޕޭނުގައި ވެސް އަދި މިހާރުވެސް ވަރަށް ހަރަކާތްތެރި ބޭފުޅެކެވެ. ބައެއް ޖަލްސާތަކުގައި ރައީސް ޔާމިން ވަނީ މެޑަމް ފާތުމަތު އިބްރާހިމަށާއި އެކަމަނާ ކުރައްވާ މަސައްކަތްތަކަށް ވަރަށް ބޮޑަށް ތައުރީފުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. ފަހަރެއްގައި އެ އަހައްމިއްޔަތުކަން އެކަމަނާގެ ޓްވިޓާގައި އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ދެއްވަން ބޭނުންފުޅުވީ ކަމަށް ވެދާނެއެވެ.

މެޑަމް ފާތުންގެ ބައެއް ޓްވީޓްތައް ރައީސް ޔާމިން ވަނީ ރީޓްވީޓް ކުރައްވާފައެވެ. އަދި ރައީސް ޔާމީންގެ ބައެއް ޓްވީޓްތައް ވަނީ މެޑަމް ވެސް ރީޓްވީޓް ކުރައްވާފައެވެ.

އެކި ފަރާތްތަކުން އެކި ގޮތް ގޮތަށް މިކަން މާނަކޮށްފާނެއެވެ. އެހެންނަމަވެސް ފެންނަށް އޮތް ހަގީގަތަކީ ރައީސް ޔާމީން ކުރައްވާ ކޮންމެ ކަމެއްގައި މެޑަމް ފާތުންގެ ފުރިހަމަ އެއްބާރުލުން ލިބިވަޑައިގަންނަވާކަމެވެ. ކޮންމެ ކާމިޔާބު ފިރިހިނެއްގެ ފަހަތުގައި އަންހެނަކުން ހުންނާނެއެވެ. ޓްވިޓާ އެކައުންޓާ ހިސާބަށް ވެސް މި ވިސްނުން ފުޅާކުރަން ޖެހިދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް