ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމުގައި އެމެރިކާއިން ބަލައިގަނެ އެކަން އިއުލާނު ކުރި ވަގުތުން ފެށިގެން ގުދުސްގެ ދިފާއުގައި ފަލަސްތީނުގެ މުސްލިމުން ވަނީ މަގުތަކަށް ނިކުމެ އިހުތިޖާޖު ކުރަން ފަށާފަ އެވެ.
މި އިހުތިޖާޖު ތައް ރޫޅާލުމަށް ޔަހޫދީ ސިފައިން ހަތިޔާރާއެކު މަގުތަކަށް ނިކުމެފައިވާއިރު މިހާތަނަށް މި އިހްތިޖާޖުގައި ހަތަރު މުސްލިމަކު ޝަހީދު ކޮށްލާފައި ވެ އެވެ.
މިއީ ފަލަސްތީނުގެ ނޫސް އެޖެންސީއެއް ކަމުގައިވާ މާން ނިއުސް އިން އާންމުކޮށްފައިވާ ފޮޓޯތަކެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް