ގޫގަލަށް ރާއްޖޭގެ ނައިބު ރައީސް އޮޅިއްޖެ !

ގޫގަލަށް ޖަވާބު ނުދެވޭ ސުވާލެއް، ގޫގަލަށް ނުއެނގޭ ކަމެއް ނޯންނާނެ ކަމަށް ގިނަ ބަޔަކު ދެކެ އެވެ. އަދި ކަމެއްގެ ހައްލު ބޭނުން ނަމަ ގޫގަލް މަތިން ހަނދައިންވާ އެތައް ދިވެހިންނެއްވެސް އުޅޭނެކަން ކަށަވަރެވެ...

10 Dec 2017 | 06:32

ގޫގަލަށް ޖަވާބު ނުދެވޭ ސުވާލެއް، ގޫގަލަށް ނުއެނގޭ ކަމެއް ނޯންނާނެ ކަމަށް ގިނަ ބަޔަކު ދެކެ އެވެ. އަދި ކަމެއްގެ ހައްލު ބޭނުން ނަމަ ގޫގަލް މަތިން ހަނދައިންވާ އެތައް ދިވެހިންނެއްވެސް އުޅޭނެކަން ކަށަވަރެވެ.

އެހެނަސް އެތައް ގިނަ ކަމަކަށް ގާބިލު ގޫގަލަށް މިވަނީ އެއްކަމެއް އޮޅިފައެވެ. އެއީ ރާއްޖޭގެ ނައިބު ރައީސަކީ ކޮބައިކަމެވެ.

ދިވެހިރާއްޖޭގެ ނައިބު ރައީސަކީ ކޮބައިތޯ ގޫގަލް ކުރެން ސުވާލު ކޮށްލުމުން އަންނަ ޖަވާބަކީ، ރާއްޖޭގެ ނައިބު ރައީސަކީ ޑރ. މުހައްމަދު ޖަމީލު އަހުމަދު ކަމަށެވެ.

ނަމަވެސް ޑރ. ޖަމީލް ނައިބު ރައީސް ކަމުން ދުރުކުރިތާ މިހާރު ދެ އަހަރު ވީ އެވެ. އޭގެ ފަހުން މިހާރު ނައިބު ރައީސް ކަމުގައި އެ ހުންނެވީ އަބްދުﷲ ޖިހާދެވެ. އޭގެ ކުރިން އަދި ޑރ. ޖަމީލްގެ ފަހުން އަހުމަދު އަދީބުވެސް، މަދު ދުވަސްކޮޅަކަށް ނަމަވެސް މި ރާއްޖޭގައި ނައިބު ރައީސް ކަން ކުރެއްވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް