މާލޭގެ މަގެއްގައި ޕާކު ކޮށްފައި އޮތް ދެ ވެހިކަލެއްގައި އަލިފާން ރޯކޮށްލައިފި އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ރޭ 12:45 ހާއިރު ރޯކޮށްލާފައިވަނީ ބުރުޒު މަގުގައި ޕާކު ކޮށްފައި އޮތް ކާރަކާއި މިނީ ވޭނެއްގައި އެވެ.
މި ހާދިސާގައި ދެ ވެހިކަލަށްވެސް އެކިވަރުގެ ގެއްލުން ލިބިފައިވާއިރު މަންޒަރު ދުށް ބައެއް މީހުން ބުނެފައިވާގޮތުގައި އެ ދެ ވެހިކަލްގައި ރޯކޮށްލާފައިވާ އަލިފާން ނިއްވާލީ ފުލުހުންގެ މަސައްކަތުންނެވެ.
މި ހާދިސާއާއި ބެހޭ ރަސްމީ ބަހެއް ރަސްމީ އެއްވެސް އިދާރާއަކުން އަދި ލިބިފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް