މި އަހަރުގެ އޮގަސްޓް މަހު ރިލީޒް ކުރި "ބަރޭލީ ކީ ބަރްފީ" އަށް ލިބުނު ކާމިޔާބަށްފަހު މި ފިލްމު އުފެއްދި ކުންފުނި "ޖަންގްލީ ޕިކްޗަރސް" އިން މި ފިލްމުގެ ތަރި އަޔުޝްމާން ކުރާނާ ބޭނުންކޮށްގެން އިތުރު ފިލްމެއް ކުޅެން ނިންމާފައިވާކަން އިއުލާނު ކޮށްފި އެވެ. އިއުލާނު ކުރި ފިލްމުގެ ނަމަކީ "ބަދާއީ ހޯ" އެވެ.
މި ފިލްމު ޑައިރެކްޓް ކުރާނީ އަމިތު ޝަރުމާ ކަމަށް ޖަންގްލީ ޕިކްޗަރސް އިން ވަނީ ބުނެފަ އެވެ.
މި ފިލްމާއިބެހޭގޮތުން މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތު ތަކަށް ބަލާއިރު މި ފިލްމަކީ އާއިލާއަކަށް ލިބޭ ކުއްލި ހަބަރާއިގުޅިގެން އުފެދޭ ކަންތައްތަކެއް ދައްކުވައިދޭ ފިލްމެކެވެ.
މި ފިލްމުގެ އަންހެން ތަރިއެއްގެ ގޮތުގައި ފެނިގެންދާނީ ސާންޔާ މަލޯތުރާ ކަމުގައިވެސް ޖަންގްލީ ޕިކްޗަރސް އިން ވަނީ ހާމަކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް