ޖަޕާނުގައި އިތުރު ގަޑީގައި މަސައްކަތްކުރާ މުވައްޒަފުން ގެއަށް ފޮނުވާލުމަށް ޑްރޯން އެއް !

ދެވަނަ ބޮޑުހަނގުރާމައަށްފަހު ޖަޕާނު ރައްޔިތުންގެ ކިބައިގާ އަށަގެންފައިވާ މަސައްކަތް ކުރުމުގެ ރޫހު، ބައެއް މީހުން ސިފަކުރާ ގޮތުގައި ވަނީ ބައްޔަކަށް ބަދަލުވެފަ އެވެ. ނަތީޖާއެއްގެ ގޮތުން އިތުރަށް މަސައްކ...

09 Dec 2017 | 22:29

ދެވަނަ ބޮޑުހަނގުރާމައަށްފަހު ޖަޕާނު ރައްޔިތުންގެ ކިބައިގާ އަށަގެންފައިވާ މަސައްކަތް ކުރުމުގެ ރޫހު، ބައެއް މީހުން ސިފަކުރާ ގޮތުގައި ވަނީ ބައްޔަކަށް ބަދަލުވެފަ އެވެ. ނަތީޖާއެއްގެ ގޮތުން އިތުރަށް މަސައްކަތް ކުރުމާއި ގުޅިގެން ޖަޕާނުގައި އަހަރަކު އެތައް މުވައްޒަފުންނެއް މަރުވެ ދެ އެވެ. މިގޮތަށް މަރުވާ މަރުވުމަށް ޖަޕާނުގައި ހާއްސަ ނަމެއް ވެސް ދީފައި އޮވެ އެވެ. އެއީ "ކަރޯޝީ" އެވެ.

މި ސަގާފަތަށް ނިމުމެއް ގެނައުމަށް ޖަޕާނު ކުންފުންޏަކުން މިވަނީ ޑްރޯން އެއް އުފައްދާފަ އެވެ. މި ޑްރޯންގެ މަސައްކަތަކީ ވަޒީފާ އަދާކުރަން ޖެހޭ ވަގުތު ހަމަވުމުން އޮފީހުގައި ހިނގާ ކަންކަން މޮނިޓަރ ކޮށް، އިތުރު ގަޑީގައި މަސައްކަތްކުރަން ތިބޭ މީހުން ދެނެގަނެ އެމީހުން ގެއަށް ދިއުމަށް އިންޒާރު ދިނުމެވެ. ވަގުތު ހަމަވުމުން އޮފީހުގެ އެންމެން ނިކުމެގެން ގެއަށް ދަންދެން މި ޑްރޯން އޮފީސް ތެރޭގައި ކުރަކާލި ކަނޑާނެ ކަމަށް މި ޑްރޯން ހިދުމަތް ދޭން ތައްޔާރުވަމުން އަންނަ ކުންފުނިން ބުނެފައި ވެ އެވެ.

އެ ކުންފުނިން ބުނެފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގައި ފެށުމަށް ހަމަޖެހިފައިވާ މި ހިދުމަތަށް މަހަކު 400 ޑޮލަރު ޗާޖު ކުރާނެ ކަމަށެވެ.

އޮފީސްތައް މޮނިޓަރ ކުރަން ޑްރޯން ކުންފުންޏަކުން ތައްޔާރުވަމުން އަންނައިރު ތަޖުރިބާކާރުން ބުނާގޮތުގައި ޖަޕާނުގެ އެ އާދަ ކަނޑުވާލެވޭނީ މުވައްޒަފުންނަށް ހަވާލުކުރާ މަސައްކަތް މަދުކޮށްގެންނެވެ. ނޫނީ މުވައްޒަފުން އިތުރު ކޮށްގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް