އެޕަލް އިން ޝަޒަމް ގަނެލައިފި

މިއުޒިކް ދެނެގަތުމުގައި ހާއްސަ އެޕްލިކޭޝަނެއް ކަމުގައިވާ ޝަޒަމް އެޕްލިކޭޝަން، އެޕަލް އިން ގަނެލައިފި އެވެ. އެޕަލް އިން ޝަޒަމް ގަނެފައިވާކަމަށް މަސްދަރުތަކާ ހަވާލާދީ މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވީނަމ...

09 Dec 2017 | 22:10

މިއުޒިކް ދެނެގަތުމުގައި ހާއްސަ އެޕްލިކޭޝަނެއް ކަމުގައިވާ ޝަޒަމް އެޕްލިކޭޝަން، އެޕަލް އިން ގަނެލައިފި އެވެ.

އެޕަލް އިން ޝަޒަމް ގަނެފައިވާކަމަށް މަސްދަރުތަކާ ހަވާލާދީ މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވީނަމަވެސް އެޕަލް އަދި ޝަޒަމް ކުންފުނިން ރަސްމީ ސިފައެއްގައި މިކަން އިއުލާނު ކޮށްފައެއް ނުވެ އެވެ. ނަމަވެސް މާދަމާގެ ވަގުތެއްގައި އެޕަލްއިން މިކަން އިއުލާނު ކުރާނެ ކަމުގައި ބެލެވޭ ކަމަށް މީޑިއާތަކުގައި ރިޕޯޓް ކޮށްފައި ވެ އެވެ.

މަސްދަރުތަކާ ހަވާލާދީ މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވާގޮތުގައި އެޕަލްއިން މި ޑީލް ނިންމާލާފައިވަނީ ގާތްގަނޑަކަށް 400 މިލިޔަން ޑޮލަރަށެވެ.

ޝަޒަމް އެޕްލިކޭޝަން އަކީ މީގެ 18 އަހަރު ކުރިން، ޝަޒަމް އެންޓަޓެއިންމެންޓް ކުންފުނިން އުފެއްދި އެޕްލިކޭޝަނެކެވެ. އިސްތިހާރަކަސް، ފިލްމަކަސް، އަދި ލަވައަކަސް، އެ އެއްޗަކާ ގުޅޭ އަޑެއް އިއްވާލުމުން އެއީ ކޮން މިއުޒިކެއްކަން، ކޮން ލަވައެއްކަން ނުވަތަ ކޮން ފިލްމެއްކަން މަދު ސިކުންތު ކޮޅެއްގެތެރޭގައި ދެނެގަތުމުގެ ގާބިލްކަން މި އެޕްލިކޭޝަނަށް ލިބިގެން ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް