އޮމާން އިން އިންޑިއާއަށް ދިޔަ އޮމާން އެއާގެ ފްލައިޓެއްގެ ކޯ ޕައިލަޓް އަތުގައި ލައިސަންސް ނެތުމުން އެ ފްލައިޓް އިންޑިއާއިން ފުރިއަ ނުދީ ހިފަހައްޓައިފި އެވެ.
މިކަން ހިނގާފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ވަގުތެއްގަ އެވެ. "ރޭންޑަމް އިންސްޕެކްޝަން" އެއްގައި، ކޯޕައިލަޓްގެ އަތުގައި ލައިސަންސް ނެތުމުން ފްލައިޓް ހުއްޓުވާފައިވާއިރު ކޯޕައިލަޓް ގެ ލައިސަންސް ނެތީ ހަނދާންނެތި ނުގެނެވޭތީ ކަމަށް އެ ކޯޕައިލެޓް ބުނެފައިވާކަމަށް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓް ކޮށްފައި ވެ އެވެ.
މިގޮތަށް އިންޑިއާ އިން "ރެންޑަމް އިންސްޕެކްޝަންސް" ފަށާފައިވަނީ 2009 ވަނަ އަހަރުގަ އެވެ. ފްލައިޓް ހިފެހެއްޓި މައްސަލައިގާ އޮމާން އެއާ އިން މީޑިއާއަށް ކޮމެންޓެއް ދީފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް