ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމުގައި އެމެރިކާއިން ބަލައިގަތް ބަލައިގަތުން އަނބުރާ ގެންދިއުމަށް ސައުދީ އަރަބިއްޔާއިން ގޮވާލައިފި އެވެ.
ސައުދީ އަރަބިއްޔާއިން މިކަމަށް ގޮވާލާފައިމިވަނީ އެމެރިކާގެ މި ނިންމުމާއި ގުޅިގެން މިސްރުގެ ވެރިރަށް ގާހިރާގައި އިއްޔެ ކުރިއަށްގެންދިޔަ، އަރަބި ލީގުގެ ބައްދަލުވުމުގައެވެ. މިކަމަށް ގޮވާލެއްވީ ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރު އާދިލް އަލްޖަބީރީ އެވެ.
އެމެރިކާގެ ނިންމުން ބައިނަލްއަގްވާމީ ފެންވަރުގައި ދެކޮޅު ހަދަމުން އަންނައިރު އަލްޖަބީރީ ވަނީ އެކަމަށް މަރުހަބާ ދަންނަވާފަ އެވެ. އަދި އެމެރިކާގެ އެ ނިންމުމަކީ ސައުދީން ފާޅުގައި ދެކޮޅު ހަދާ ކަމެއް ކަމުގައި އަލްޖަބީރީ ވަނީ ވިދާޅުވެފަ އެވެ.
އިއްޔެގެ އެ ބައްދަލުވުމުގައި އަލްޖަބީރީ އިތުރަށް ވިދާޅުވީ ހުރިހާވެސް ހައްލެއް، ސައުދީން 2002 ވަނަ އަހަރު އެޕްރޫވް ކޮށްފައިވާ ރޯޑްމެޕްގައި ވާނެ ކަމަށާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގަށް އަރައި ނުގަތުމަށް އެމެރިކާއަށް ގޮވާލާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް