ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ދިގު މުއްދަތަކަށް މަސައްކަތް ކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށް އެ މުވައްޒަފުންނަށް "ލޯންގް ސާވިސް އެވޯޑް" ދީފި އެވެ.
މި އެވޯރޑް ދީފައި ވަނީ 15 އަހަރަށްވުރެ ދިގު މުއްދަތަށް ބޭންކަށް ޚިދުމަތްކޮށްދީފައިވާ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ރޭ ބޭންކުގެ މައި އޮފީހުގައި ބޭއްވި ހަފްލާއެއްގަ އެވެ.
މިޙަފްލާގައި 15 އަހަރު، 20 އަހަރު، 25 އަހަރު އަދި 30 އަހަރު ބޭންކަށް ޚިދުމަތްކޮށްފައިވާ ފަރާތްތަކަށް އެވޯރޑް ހަވާލު ކޮށްދެއްވާފައިވަނީ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އެންޑްރޫ ހީލީ އެވެ.
މިޙަފްލާގައި އެވޯރޑް ލިބުނު 27 ފަރާތާ މުހާތަބުކުރައްވަމުން އެންޑްރޫ ވިދާޅުވީ އެ ފަރާތްތަކުން ކޮށްދެއްވާފައިވާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް އެކަން ފާހަގަކުރެވިގެންދާކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި ތއެ ފަރާތްތަކުގެ ހަޔާތުން ވަރަށް ދިގު މުއްދަތެއް ބޭންކަށާއި ބޭންކުގެ ކަސްޓަމަރުންނަށް އިޙްލާސްތެރިކަމާއިކު ޚިދުމަތްކޮށްދެއްވާފައި ވާއިރު މިކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު އަދާ ކުރާ ކަމަށެވެ.
ބީއެމްއެލް އިން ހާމަކުރާ ގޮތުގައި ބޭންކަށް ގިނަ ދުވަހު ޚިދުމަތްކޮށްދީފައިވާ މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން ބޭންކުންވަނީ ކުރިއަށް އޮތް ތަނުގައި ކޮންމެ އަހަރަކު މި އެވޯރޑް ދިނުމަށް ވަނީ ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް