ބީއެމްއެލްގެ ކްރެޑިޓް ކާޑު ބޭނުންކުރައްވާ ކަސްޓަމަރުންނަށް އަމާޒުކޮށް "ބީއެމްއެލް އީޒީ ޕޭ" ތަޢާރަފްކޮށްފި

ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރަމުންދާ އެމެރިކަން އެކްސްޕްރެސް ކްރެޑިޓް ކާޑު ބޭނުންކުރައްވާ ކަސްޓަމަރުންނަށް އަމާޒުކޮށްގެން "ބީއެމްއެލް އީޒީ ޕޭ" އިއްޔެ ތައާރަފް ކޮށްފި އެވެ. މި ސްކީމްގެ ދަށުން ކަސްޓ...

09 Dec 2015 | 23:27

ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރަމުންދާ އެމެރިކަން އެކްސްޕްރެސް ކްރެޑިޓް ކާޑު ބޭނުންކުރައްވާ ކަސްޓަމަރުންނަށް އަމާޒުކޮށްގެން "ބީއެމްއެލް އީޒީ ޕޭ" އިއްޔެ ތައާރަފް ކޮށްފި އެވެ.

މި ސްކީމްގެ ދަށުން ކަސްޓަމަރުންގެ ކްރެޑިޓް ކާޑުގެ ލިމިޓާ އެއްވަރުގެ އަދަދަކަށް މުދާ ގަނެވި މި ގޮތުން ގަންނަ މުދަލަށް ފައިސާދެއްކުމަށް ލުއި ގޮތްތަކެއް ލިބިގެންދާއިރު، އެހެނިހެންވިޔަފާރިކުރެއްވުމަށް ހަމަ މި ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް ބޭނުންކުރެވޭނެ ކަމަށް ބޭންކުން ހާމަކުރެ އެވެ.

ބީއެމްއެލްއިން މައުލޫމާތު ދޭގޮތުގައި އީޒީ ޕޭ ގެ ދަށުން ގަންނަ މުދަލަށް ފައިސާ ދެއްކުމަށް 3 މަސް، 6 މަސް ، 12 މަސް، 18 މަސް އަދި 24 މަހުގެ މުއްދަތު ލިބިގެންދާނެއެވެ. ބީއެމްއެލް އީޒީ ޕޭ ގެ ދަށުން ވިޔާފާރިކުރެވޭނެ ފިހާރަތަކަކީ އީވޯ ހޯމް، އިންޑެކްސްފަރނީޗަރ، ސޮނީ ސްޕޯރޓްސް، އަދި ލެކިޔުޓް ލައިފް ސްޓައިލް އެވެ.

މި ޚިދުމަތް ތަޢާރަފްކުރުމާއި ގުޅޭގޮތުން ބީއެމްއެލްގެ ރީޓެއިލް ބޭންކިންގ ޑައިރެކްޓަރ އަލްފާޟިލް މުޙައްމަދު ޝަރީފް ވިދާޅުވީ ބީއެމްއެލް އީޒީ ޕޭ އާ އެކު ކްރެޑިޓް ކާޑު ގެންގުޅުއްވާ ކަސްޓަމަރުން ކުރައްވާ ވިޔަފާރިތަކަށް އަނބުރާފައިސާ ދެއްކުމަށް ދިގު މުއްދަތެއް ލިބިގެންދާނެ ކަމަށާއި މުސްތަޤްބަލުގައި މި ޚިދުމަތް ލިބޭ ފިހާރަތައް އިތުރުކޮށް އަދިއިތުރަށް ފުޅާކުރުމުގެ ގޮތުން މާލެ ފިޔަވައި އެހެން ރަށްރަށުން މި ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށެވެ.

ގޮތުގައި މި ސްކީމްގައި ބައިވެރިވެވޭނީ އެމެރިކަން އެކްސްޕްރެސް ކާޑު ގެންގުޅުއްވާ ފަރާތްތަކުގެ ތެރެއިން ކާޑަށް ފައިސާ ޤަވާއިދުން ދައްކަވާ ފަރާތްތަކަށް ކަމުގައި ބީއެމްއެލް އިން ހާމަކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް